ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗުތައް ބަންދުވާނެ ކަމަށް ޑިސެމްބަރ 30 ގައި ބަންދުވާނެ ކަަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ އެ ބޭންކުގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ދެން ހުޅުވާނީ 2022 ޖަނަވަރީ 2 ވާ އާދިއްތަ ދުވަހު ކަމަށެވެ.
އެ ބޭންކުން ބުނީ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ބަންދުކުރިނަމަވެސް މޮބައިލް އަދި އިންޓަރނެޓް ބޭންކިންގ އާއި ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ލިބޭނޭ ކަމަށެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ ބޭންކުގެ ކޮންޓެކްޓް ސެންޓަރުގެ 3330200 ނަންބަރުން ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް