ކިއަރާއަށް މުސްކުޅި ފިރިހެނަކު ސެލިއުޓް ކުރުން މައްސަލައަކަށް!

ބޮލީވުޑްގެ ބަތަލާ ކިއަރާ އަދުވާނީއަށް މުސްކުޅި ފިރިހެނަކު ސެލިއުޓު ކުރުން ގޯހަކަށްވެ އޭނާއަށް ފަޑުކިޔާތީ ރައްދު ދީފި އެވެ. އެ ކަން ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ. އާންމު ވެގެން އުޅޭ ...

27 Dec 2021 | 06:23

ބޮލީވުޑްގެ ބަތަލާ ކިއަރާ އަދުވާނީއަށް މުސްކުޅި ފިރިހެނަކު ސެލިއުޓު ކުރުން ގޯހަކަށްވެ އޭނާއަށް ފަޑުކިޔާތީ ރައްދު ދީފި އެވެ.

އެ ކަން ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ. އާންމު ވެގެން އުޅޭ ވީޑިއޯގައި ފެންނަނީ އިމާރާތެއްގެ ތެރެއަށް ކިއަރާގެ ކާރު މަޑުކުރުމުން އެ ތަނުގެ ސެކިއުރިޓީއަކަށް އުޅޭ ފިރިހެން މީހާ ދޮރު ހުޅުވައިދެމުން ކުޑަކޮށް ސެލިއުޓަށް އަތް ނަގާތަނެވެ.

އެ މުސްކުޅި މީހާއަށް ޖަވާބު ދިނުމުގެ ގޮތުން ކިއަރާވެސް ގުދުވެލާތަން ފެނެ އެވެ. ކިއަރާ އެ ދުވަހު ދިޔައީ ލޯބިވެރިޔާ ސިދާތް މަލޯތްރާގެ އެޕާޓްމެންޓަށެވެ.

މި ވީޑިއޯ މައްސަލައަކަށް ހަދާ މީހުން ވަނީ ކިއަރާއަށް މީހުން ސެލިއުޓް ކުރަން ނުޖެހޭނެ ކަމަށާއި އެއީ އޭނާގެ ހައިބަތާއި ބޮޑާ ކަމާއި ކިބުރުވެރިކަން ދެއްކުމަށް މީހުން ލައްވާ ކުރުވާ ކަމެއް ކަމަށް ބުނެފަ އެވެ. އަދި ކިއަރާމެން ފަދަ ތަރިންނަކީ މީހުން އެހާ އިހުތިރާމް ކުރާ ބައެއް ނޫން ކަމަށް ބުނެފައިވެ އެވެ.

މި ވާހަކަތަކާއި ގުޅިގެން ކިއަރާ ބުނީ އެމީހާ ސެލިއުޓް ކުރީ އޭނާ ބުނެގެން ނޫން ކަމަށާއި އަދި އެމީހާ ކުއްލިއަކަށް ކުރި އެ އިހުތިރާމަށް ޝުކުރު އަދާކޮށްކޮށްފައިވާނެ ކަމަށެވެ. ވީޑިއޯ ބަލާ މީހުންނަށް އެމީހާ އާއި އޭނާއާ ދެމެދު އެ ވަގުތު ކޮޅު ދެކެވުނު ވާހަކަ ނޭނގޭނެ ކަމަށް ބުނެފައިވެ އެވެ.

https://www.instagram.com/p/CQ_zmKxFpJa/?utm_source

ކިއަރާ ބުނީ އެ ފިރިހެން މީހާ ސެލިއުޓް ކުރީ ފިރިހެން ތަރިއަކަށް ނަމަ އެކަން މައްސަލައަކަށް ނުވާނެ ކަމަށެވެ. އެއީ މީގެ ކުރިންވެސް އެގޮތަށް ކިތަންމެ ފިރިހެން ފަންނާނަކަށް ދޮރު ހުޅުވައިދެމުން ސެލިއުޓު ކުރިތަން ފެނިފައި އެބަހުރި ކަމަށެވެ.

ކިއަރާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމު "ޝޭރްޝާހް" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް