މަސްތުވާތަކެތި ނައްތާލުމުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުން މިއަދު ބުނީ މިފަހަރު ނައްތާލަން ހަމަޖެހިފައިވަނީ މަސްތުވާތަކެތީގެ ޓްރެފިކިން މައްސަލަތަކާއި އެނޫން މައްސަލަތަކުގައި ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 314 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.
އެ ތަކެތި ނައްތާލަން ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އާންމު ރައްޔިތުންގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތު މިއަދު 4:00 އާއި ހަމައަށް ހުޅުވާލާފަވާ ކަމަށެވެ. މި ހަރަކާތުގައި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށްހަމަޖެހިފައިވަނީ މެއިލް ކުރާ ތަރުތީބުން ކަނޑައެޅޭ ވަކި މިންވަރަކަށެވެ.
މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މީހުންގެ ފުރިހަމާ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރާއެކު ޕޮލިސް މީޑިއާ މެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ފުލުހުން އެދިފައިވެ އެވެ.
ފުލުހުން މަސްތުވާތަކެތި ނައްތާލާނީ ދޫނިދޫގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް