ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ބީލަމަށް ހުޅުވާލައިފި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަަރައްގީ ކުރަން ބީލަމަސް ހުޅުވާލައިފި އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ބީލަން ހުށަހަޅޭނީ އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކަށ...

27 Dec 2021 | 03:51

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަަރައްގީ ކުރަން ބީލަމަސް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ބީލަން ހުށަހަޅޭނީ އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. މި މަޝްރޫއަށް އަންނަ މަހުގެ 25އާ ހަމައަށް ކުރިމަތިލެވޭނެ އެވެ.

މިމަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ޢިމާރާތް ކުރެވޭނެއެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެން ދާނެއެވެ.

ހަނިމާދޫ އެއާޕޯޓް އަލުން އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ދެ ފިޔަަވައްސަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ފިޔަވަހި ނިމޭ އިރު އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓްތަކާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓުތައް އެ އެއާޕޯޓަށް ޖެއްސޭނެ އެވެ. ދެވަނަ ފިޔަވަހި ނިމޭއިރު، އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓުތަކާއި ބޯއިން ބީ777 މަރުކާގެ ބޯޓުތައް ޖެއްސޭ ވަރަށް އެއާޕޯޓް ތަރައްގީކުރާނެ އެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް