ބ ކަމަދޫގައި އެހެލާފައި ހުރި ދޯންޏެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 14:10 ހާއިރު ކަމަށާއި އަލިފާން ރޯވެފައިވަނީ އެހެލާފައި، ބޭނުން ނުކުރާތާ ގިނަ ދުވަސް ވެފައިވާ ދޯންޏެއްގައި ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި އަލިފާން ނިއްވުމުގައި ކައިރި ދެ ރިސޯޓެއްގެ ފަޔާމަނުންވެސް ބައިވެރިވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް