އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ގަމުގައި އިސް ރަށްވެހީންގެ ހަވީރެއް ބާއްވައިފި

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ލ. ގަން ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން އެރަށުގެ އިސް ރަށްވެހިންނަށް ޚާއްޞަ ހަވީރެއް ބާއްވައިފިއެވެ. ފުލުހުން ހާމަކުރާ ގޮތުގައި ލ. ގަ...

27 Dec 2015 | 09:43

މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ލ. ގަން ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން އެރަށުގެ އިސް ރަށްވެހިންނަށް ޚާއްޞަ ހަވީރެއް ބާއްވައިފިއެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ލ. ގަން އިހައްދޫ ސްކޫލު ގޯތިތެރޭގައި އިއްޔެ އޮތް މި ހަވީރުގައި ލ. ގަމުގައި ތިއްބެވި ޢުމުރުން 60 އަހަރުން މަތީގެ 200 އަށްވުރެ ގިނަ ރަށްވެހިން ބައިވެރިވެފައި ވެއެވެ.

ފުލުހުން ބުނީ މި ހަވީރު ކުރިޔަށް ދިޔައިރު ހަވީރުގައި ބައިވެރިވެލެއްވި އިސް ރަށްވެހިންގެ މެޑިކަލް ޗެކަޕް ހައިދީ ބަރުދަނާ ޕްރެޝަރު ފަދަ މުހިއްމު މަޢުލޫމާތު ހޯދައި އެފަރާތްތަކާ ޙިއްސާކޮށްފައި ވާކަމަށާއި މީގެއިތުރުން މި ހަވީރުގައި ބައިވެރިވެލެއްވި އިސް ރަށްވެހިންގެ ބައެއް ބޭފުޅުންގެ ތަޖުރިބާ ޙިއްސާ ކުރައްވާފައި ވާކަމަށެވެ. އަދި މި ޢުމުރުގައި ޞިއްޙީ ގޮތުން ވިސްނުން ގެންގުޅުއްވަންޖެހޭ މުހިއްމު ކަންކަމުގެ މަޢުލޫމާތު ޑޮކްޓަރުން މެދުވެރިކޮށް އެފަރާތްތަކަށް ވަނީ ފޯރުކޮށް ދެއްވާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ގަން ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި މި ހަވީރުގައި ބައިވެރިވި ކޮންމެ އިސްރަށްވެއްސަކަށް ދިރާގުގެ ފަރާތުންނާއި ކައުންސިލުން ޚާއްޞަ ހަދިޔާއެއް އަރުވާފައިވާއިރު މި ހަވީރުގައި އިސް ރަށްވެހިން ބައިވެރިކުރުމުގެ ކުރިން ގަން ޕޮލިސް ސްޓޭޝަންގެ ފަރާތުން ގަމުގެ ގޭގެއަށް ޒިޔާރަތްކޮށް 60 އަހަރުން މަތީގެ މީހުންގެ މަޢުލޫމާތު ދެނެގެންފައިވާކަމަށާއި އަދި މި ހަވީރުގައި ބައިވެރިވެލެއްވުމުގެ ދަޢުވަތު ވަނީ އިސްރަށްވެހިންނަށް ދެއްވާފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ހަވީރު ނިންމާލާފައިވަނީ އިސް ރަށްވެހިންނަށް ބޭއްވި ސައިފޮދަކުން ކަމަށާއި މި ހަވީރު އިންތިޒާމު ކުރުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާ އެއްބާރުލެއްވުން ގަން ޕޮލިސް ސްޓޭޝަނަށް ލިބިގެން ގޮސްފައިވާކަން ޝުކުރުވެރިކަމާއެކު ގަން ޕޮލިސް ސްޓޭޝަނުން ފާހަގަކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް