ސްނައިޕަރު ރާއްޖެ ގެނައި މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފި

ރައީސް ޔާމީން އަވަހާރަކޮށްލުމަށްޓަކައި ލަންކާއިން ގެނައިކަމަށްބުނާ ސްނައިޕަރު ގެނައުމުގައި އެހީތެރިވިކަމަށް ބުނާ ތިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އ...

27 Dec 2015 | 09:32

ރައީސް ޔާމީން އަވަހާރަކޮށްލުމަށްޓަކައި ލަންކާއިން ގެނައިކަމަށްބުނާ ސްނައިޕަރު ގެނައުމުގައި އެހީތެރިވިކަމަށް ބުނާ ތިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަރު ވިދާޅުވީ އެ މައްސަލައިގާ ތިން ދިވެއްސަކު ހައްޔަރުކޮށްފައިވަނީ މީގެ ދިހަ ދުވަސް ކުރިން މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ތިން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރި ނަމަވެސް ހައްޔަރުކުރި އެއްވެސް މީހެއްގެ މައުލޫމާތު ފުލުހުން އަދި އާންމުކޮށްފައެއް ނުވެ އެވެ.

ލަންކާގެ ސްނައިޕަރާ ބެހޭ ގޮތުން ފުލުހުން މީގެ ކުރިން ފުލުހުން ބުނެފައިވަނީ އެއީ އުމުރުން 27 އަހަރުގެ ލަންކާ ރައްޔިތެއް ކަމަށާއި އެމީހާ ރާއްޖެ ގެނެސްފައިވަނީ ދިވެހީންގެ ބަޔަކު އޭނާއަށް ފައިސާ ދީގެން ރައީސް އަވަހާރަކޮށްލަންކަން ތަހުގީގަށް އެނގިފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް