ފްރާންސްގެ ނޫސްވެރިއަކު ޗައިނާއިން ބޭރުކޮއްލައިފި

ފްރާންސްގެ ނޫސްވެރިއަކު ޗައިނާއިން ބޭރުކޮއްލައިފިއެވެ. އާސަލާ ގޯޓިއޭ ނަމަކަށްކިޔާ މި ނޫސްވެރިޔާ އެޤައުމުން ބޭރުކޮއްލީ ޗައިނާގައި ދިރިއުޅޭ މުސްލިމުންނާ ދޭތެރޭ އެޤައުމުން ގެންގުޅޭ ސިޔާސަތަށް ފާޑު ކިޔާފަ...

27 Dec 2015 | 07:53

ފްރާންސްގެ ނޫސްވެރިއަކު ޗައިނާއިން ބޭރުކޮއްލައިފިއެވެ.

އާސަލާ ގޯޓިއޭ ނަމަކަށްކިޔާ މި ނޫސްވެރިޔާ އެޤައުމުން ބޭރުކޮއްލީ ޗައިނާގައި ދިރިއުޅޭ މުސްލިމުންނާ ދޭތެރޭ އެޤައުމުން ގެންގުޅޭ ސިޔާސަތަށް ފާޑު ކިޔާފައިވާ އާޓިކަލްއެއް ލިޔުމުންނެވެ.

ގޯޓިއޭގެ ޕްރެސް ކާޑު އާނުކުރުމަށް ނިންމާ އޭނާ އެޤައުމުން ބޭރު ކުރުމަށް ނިންމުމުން މިއަހަރު ނިމުމުގެ ކުރިން އޭނާ ޗައިނާ ދޫކޮށް ދާން ޖެހޭނެއެވެ.

ޗައިނާ އިން ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، އޭނާ ބުނީ ޗައިނާ އިން މަސައްކަތް ކުރަނީ ބޭރުޤައުމުތަކުގެ ރިޕޯޓަރުން އެޤައުމުގައި ކުރާ މަސައްކަތްތައް ހުއްޓުވަން ކަމަށެވެ.

މީގެ ކުރިން 2012 ވަނަ އަހަރުވެސް ޗައިނާއިން ވަނީ އަލްޖަޒީރާގެ އިންސާނީ ހައްޤުތަކާ ބެހޭ ނޫސްވެރިއެއްވެސް އެޤައުމުން ބޭރުކޮށްލައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް