އަންނާރަކީ ގިނަ ފައިދާތަކެއް އެކުލެވޭ، ދިވެހީންގެ މެދުގަި މަގުބޫލު މޭވާ އެކެވެ.
އަންނާރުން ލިބޭ ތަފާތު ފައިދާތަކަށް ބަލާއިރު، އަންނާރުގައި ހިމެނޭ ތަފާތު އެއްޓި އޮކްސިޑެންޓްތަކުގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައި، ލޭ ހޮޅިތަށް ބެދުނަ ނުދީ ހިފަހައްޓާދިނުމުގެ ނަތީޖާއެއްގެ ގޮތުން ލޭގައި ހުންނަ ނުރަނގަޅު ސަރުބީގެ އަދަދު ދަށް ކޮށްދެއެވެ. އަދި ރަނގަޅު ސަރުބީގެ މިންވަރު އިތުރު ކޮށްދެއެވެ. މީގެ ސަބަބުން ސޮޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުން ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުން ހުރި ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
އަންނާރުގެ ފައިދާ ގިނަގުނަ އެވެ.
އާންމުކޮށް ދިވެހިން ބުނާ ބަހެކެވެ. އަންނާރެއް ފަޅައިގެން ކާލާއިރު އޭގެ އޮށެއް ހަލާކުކޮށް ނުލައި ނުވަތަ އެއްމެ އޮށެއްވެސް ގެއްލުވާނުލައި އަންނާރެއް ކެއުމަކީ ވާނޭ ކަމެއް ނޫން ކަމަށް ބުނާ ވާހަކަ އެވެ.
ނަމަވެސް ތިރީގައި އެވާ ވީޑިއޯއަކީ އެންމެ އޮށެއްވެސް ހަލާކުކޮށް ނުލައި، ގެއްލުވާ ނުލައި އަންނާރެއް ފަޅާލާނޭ ގޮތް ދައްކުވައިދޭ ވީޑިއޯ އެކެވެ.
https://www.youtube.com/watch?v=HGYpk395PUA
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް