އިރާގާއި ސީރިޔާގައި ވަކި ހިލާފަތެއް ދިރުވަން މަސައްކަތްކުރާ އައިއެސްއާއި ދެކޮޅަށް ކުރާ ހަނގުރާމައިގާ އައިއެސްގެ ތެޔޮ ޓޭންކަރުތަކަށް ހަމަލާދޭ ވީޑިއޯތައް ރަޝިޔާއިން އާންމުކޮށްފި އެވެ.
މި ވީޑީއޯތައް މީޑިއާއަށް ހާމަކުރުމަށްފަހު ރަޝިޔާއިން ބުނީ އައިއެސް ޖަމާއަތުގެ އެތައް ކޭމްޕްތަކަކަށް ހަމަލާދެވިފައިވާނެ ކަމަށާއި ހާއްސަ ގޮތެއްގައި އައިއެސްއިން ވަގަށް ތެޔޮ ވިއްކުމަށް ބޭނުންކުރާ ޓޭންކަރުތަކަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދެވިފައިވާނެ ކަމަށެވެ.
https://www.youtube.com/watch?v=tzYHp2KiD6c
ހަމަލާތަކުގެ ވީޑިއޯ ފުޓޭޖް އާންމުކުރި ނަމަވެސް ހަމަލާތައް ދީފައިވާ ސަރަހައްދުތައް ރަޝިޔާއިން އާންމުކޮށްފައެއް ނުވެ އެވެ.
ރަޝިޔާއިން ހާމަކުރާ ގޮތުގައި ފާއިތުވި ހަފްތާގައި އެކަނިވެސް އެފަދަ 17 ޓޭންކަކަށް ރަޝިޔާގެ ހަނގުރާމަމަތީ ފްލައިޓްތަކުން ހަމަލާދީ ގޮއްވާލާފައި ވެ އެވެ. އަދި ހަމަލާ ދޭން ފެށިފަހުން މިހާތަނަށް ދެހާހަށްވުރެ ގިނަ ޓޭންކަރުތަކަށް ހަމަލާދީފައިވާނެ ކަމަށްވެސް ރަޝިޔާއިން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް