ހިންމަފުށި ފަޅުތެރެ އާއި ޖެޓީ ހިމެނޭ ސަރަހައްދު ސާފުކޮށްފި

ފެހިވެހި ޕްރޮގްރާމުގެ ދަށުން ހިންމަފުށި ފަޅުތެރެއާއި ޖެޓީ ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއަދު އައްސޭރި ޖަލުގެ އޮފިސަރުން ކޮށްފިއެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބުނީ...

27 Dec 2015 | 05:43

ފެހިވެހި ޕްރޮގްރާމުގެ ދަށުން ހިންމަފުށި ފަޅުތެރެއާއި ޖެޓީ ހިމެނޭ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މިއަދު އައްސޭރި ޖަލުގެ އޮފިސަރުން ކޮށްފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ބުނީ އައްސޭރި ޖަލުގެ އަހަރީ ދުވަހާއި ރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްސޭރި ޖަލުގެ އޮފިސަރުން މިއަދު ހެނދުނު 8 ޖެހިއިރު ފެށި، ސާފުކުރުމުގެ ޕްރޮގްރާމު ނިންމާލާނީ މެންދުރު 12 ޖަހާ އިރު ކަމަށެވެ. އަދި ހިންމަފުށި ފަޅުތެރެ ސާފުކޮށް ބަނދަރު ސަރައްދުގައި ދުއްވާ އެއްޗިއްސާއި ހިނގާމީހުންނަށް ފަސޭހަ ވާނޭގޮތް ހެދުމުގެ ގޮތުން އެސަރަހައްދުގައި ހުރި ގަސްތަކުގެ ގޮފިތައް ކޮށައި ޖެޓީކައިރީގައި ހުރި ކުނިތައް ނަގާ ސާފުކުރާނެކަމަށްވެސް އެމްސީއެސް އިން ހާމަކުރެއެވެ.

"މިމަސައްކަތް ކުރުމުގައި އައްސޭރި ޖަލުގެ ގިނައަދަދެއްގެ އޮފިސަރުން ބައިވެރި ވެފައިވާއިރު ރަށުގެ އާންމުންގެ ފަރާތުންނާއި ހިންމަފުށީގައި ހުރި އަމިއްލަ ކުންފުނިތަކުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަ ކުރަން، އެގޮތުން އެހީތެރިވި ފަރާތްތަކުގެ ތެރޭގައި ހިންމަފުށި ކައުންސިލާއި ސީޕްރިޔާ އަދި އައި.ބީ.ސީ ކުންފުނި ހިމެނޭ" އެމްސީއެސް އިން ހާމަކުރެއެވެ.

އެމްއެސްސީން އިތުރަށް ބުނީ އައްސޭރި ޖަލުގެ ޑިރެކްޓަރ، އެސިސްޓެންޓް ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން ޖަލުގެ އޮފިސަރުންގެ ނަމުގައި އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައި ވާކަމަށެވެ.

ފެހިވެހި ޕްރޮގްރާމްގެ ދަށުން ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހުވެސް އައްސޭރި ޖަލުގެ އޮފިސަރުންވަނީ ހިންމަފުށީގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް