ފުރަގަސްފަރާތައް މަސްތުވާތަކެތި ޖަހައިގެން އެ ތަކެތި އައްޑުއަށް އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުރަގަސް ފަރާތަށް މަސްތުވާ ތަކެތި ޖަހައިގެން އައްޑޫ ސިޓީން ހުޅުދޫއަށް ދާން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ...

27 Dec 2015 | 05:27

ފުރަގަސް ފަރާތަށް މަސްތުވާ ތަކެތި ޖަހައިގެން އައްޑޫ ސިޓީން ހުޅުދޫއަށް ދާން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ ޢުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ މީހަކު ފުރަގަސް ފަރާތަށް މަސްތުވާ ތަކެތި ޖަހައިގެން އައްޑޫ ސިޓީ ހުޅުދޫއަށް ދާން އުޅޭކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތާއެކު އެމީހާ ހައްޔަރުކޮށް ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނެގިއިރު އޭނާގެ ފުރަގަސް ފަރާތަށް އެއްޗެއް ޖަހާފައި ހުރިކަން ފާހަގަކުރެވުނު ކަމަށާއި މިމައްސަލާގައި އޭނާގެ ފުރަގަސް ފަރާތަށް ޖަހާފައިވާ ތަކެތި ޑޮކްޓަރުންގެ އެހީތެރިކަމާއެކު ނަގައި ބެލިއިރު މަސްތުވާތަކެތި އަޅާފައިހުރި ބުލެޓް ސައިޒުގެ ހަތަރު ޕެކެޓް ލާފައިވާ އެއްޗެއް ފެނިފައިވާކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މިމައްސަލާގައި އޭނާ ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަޙުޤީޤު ކުރަން 15 ދުވަހުގެ ބަންދުގެ މުއްދަތު ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން ދީފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް