ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމަށްފަހު ފޯނެއް ފޭރިގެންފި

ތޫނު އެއްޗަކުން ޙަމަލާދީ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގެންފިއެވެ. މި ޙާދިސާގައި އަނިޔާ ލިބިފައިވަނީ ބަނގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކަށެވެ. މި ޙާދިސާ ހިނގާފައިވަނީ މިރޭ 21:45 ހާއިރު އަޑިޕާކު ސަރަޙ...

27 Dec 2015 | 00:48

ތޫނު އެއްޗަކުން ޙަމަލާދީ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގެންފިއެވެ.

މި ޙާދިސާގައި އަނިޔާ ލިބިފައިވަނީ ބަނގްލަދޭޝްގެ 26 އަހަރުގެ ފިރިހެނަކަށެވެ. މި ޙާދިސާ ހިނގާފައިވަނީ މިރޭ 21:45 ހާއިރު އަޑިޕާކު ސަރަޙައްދުގައެވެ.

ފުލުހުން ބުނީ މިޙާދިސާގައި އަނިޔާ ލިބުނު ބިދޭސީ މީހާއަށް ސެނެހިޔާ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެމީހާގެ ޙާލު ސީރިއަސްކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް މި މައްސަލަ ތަހުގީގު ކުރަން ފަށާފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް