ކުރީގެ ރައީސުންގެ އިނާޔަތުން ބައެއް ކަނޑާލަން އިސްލާހެއް – 10 މިލިޔަން ސަލާމަތްވޭ

ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތްތަކަށް ދޭ އިނާޔަތްތަކަށް ބަދަލެއް ގެނައުމަށް އިސްލާހެއް ހުށަހަޅައިފިއެވެ. ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުޙ...

27 Nov 2025 | 06:53
ކުރީގެ ރައީސުން -

ކުރީގެ ރައީސުން -

ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ

ފަރާތްތަކަށް ދޭ އިނާޔަތްތަކަށް ބަދަލެއް ގެނައުމަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހުޅުދޫ ދާއިރާ ތަމްސީލުކުރައްވާ

މެންބަރު މުޙައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހުގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި

އޮތީ ކުރީގެ ރައީސުންގެ އޮފީސް ހިންގުމަށް ދަޢުލަތުން ދޭ 175،000 ރުފިޔާ

ކަނޑާލުމެވެ.

އެ ޢަދަދު އެކަނި ކަނޑާލުމުންވެސް ކުރީގެ ފަސް

ރައީސުންގެ އޮފީސް ހިންގުމުގެ ޚަރަދަށަ މަހަކަށް ދޭ 875,000 ރުފިޔާ އަދި އަހަރަކަށް ބަލާނަމަ 10،500،000 (ދިހަ މިލިޔަން ފަސް

ލައްކަ) ރުފިޔާގެ ޚަރަދު ބަޖެޓުން ކުޑަވާނެއެވެ.

ދެވަނައަށް ހުށަހަޅާފައިވާ އަނެއް ބޮޑު އިސްލާހަކީ

ނައިބުރައީސުންނަށް އިނާޔަތެއް ދިނުމެވެ. ނަމަވެސް އިސްލާހުގައި ބަޔާންކޮށްފައިވާގޮތުގައި

ނައިބުރައީސުންނަށް އިނާޔަތް ހައްގުވާނީ ފަސް އަހަރުގެ ދައުރު ފުރިހަމަކޮށްފިނަމައެވެ.

އެގޮތުން ބަލާނަމަ ޝަރުތު ހަމަވަނީ ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް

އެކަންޏެވެ.

ހުށަހަޅާފައިވަނީ 25 ހާސް ރުފިޔާގެ އިނާޔަތަކާއި

އަހަރަކު ބޭސްފަރުވާގެ ޚަރަދަށް ހަތް ލައްކަ ރުފިޔާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް