ހެޔޮ ނަސޭހަތެއް ދިނީމަ، އެއާއި ދެކޮޅަށް ޖަދަލުކުރުމަކީ ވަރަށް ނުރައްކާތެރިކަމެއް!

މުޖްތަމަޢުގައި ބޮޑެތި މުންކަރާތްތައް ހިނގަމުންދާއިރު އެކަންކަމުން ދުރުވުމަށް ނަސޭޙަތްތެރިވީމާ އެއާ ދެކޮޅަށް ބައެއް ބޭފުޅުން ޖަދަލު ކުރަމުންދާ ކަމަށާއި އެގޮތަށް ޖަދަލު ކުރުމަކީ އެއީ ވަރަށް ނުރައްކާތެރި...

27 Nov 2024 | 18:25

މުޖްތަމަޢުގައި ބޮޑެތި މުންކަރާތްތައް ހިނގަމުންދާއިރު އެކަންކަމުން ދުރުވުމަށް ނަސޭޙަތްތެރިވީމާ އެއާ ދެކޮޅަށް ބައެއް ބޭފުޅުން ޖަދަލު ކުރަމުންދާ ކަމަށާއި އެގޮތަށް ޖަދަލު ކުރުމަކީ އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށް އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވެއްޖެއެވެ.

‎ސަލަފް އިން ހިންގާާ ދާރިސްޓީވީއިން ގެނެސްދިން ’29މިނެޓް’ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ފިކްރީ ވިދާޅުވީ އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ އަޅުގަނޑުމެންނަށް އޮންނާނެ ފަޅިއަކީ ހަމައެކަނި ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންގެވިގޮތްކަމަށާއި އެއްވެސް ޙާލަތެއްގަ މުންކަރާތްތަކާއި ފާޙިޝް ޢަމަލުތަކަށް ތިމަންނަ ރުހެމޭ ނުބުނެވޭނެކަމަށެވެ.

‎”އަޅުގަނޑުމެންގެ މުޖްތަމަޢުގައި ބޮޑެތި މުންކަރާތްތައް ހިނގަމުންދާއިރު އެކަންކަމުގައި ބައިވެރި ނުވެ އެކަންކަމުން ދުރުވުމަށް ނަސޭޙަތްތެރިވީމާ އެއާ ދެކޮޅަށް ބައެއް ބޭފުޅުން އެބަ ބުނޭ ޝައިޚުން އަދި ކިތަންމެ ރުޅިއަޔަސް، ތިމަންނަ ހުންނާނީ އެބައިމީހުންގެ ފަޅީގައޭ. މިހެން ބުނާއިރު މި ބުނެވެނީ ކިހާވަރެއްގެ އެއްޗެއްތޯ ވިސްނާލަން އެބަޖެހޭ. އެ ބުނުމަކީ ހަގީގަތުގައި ވަރަށް ނުރައްކާތެރި ބުނުމެއް” ޝައިޚް ވިދާޅުވިއެވެ.

‎”އަޅުގަނޑުމެންނަކީ މުސްލިމުންކަމަށްވީތީ އަޅުގަނޑުމެންނަށް އޮންނާނެ ފަޅިއަކީ ހަމައެކަނި ﷲއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އެންގެވިގޮތް. އެއްވެސް ޙާލަތެއްގަ ނުބުނެވޭނެ އަރާނީ ދީނާ އިދިކޮޅު ފަޅިއަށޭ. އެހެން ބުނާކަމަށްވާނަމަ އެ ބުނެވެނީ ތިމަންނަ އަރާނީ މުންކަރާތްތަކާއި ފާޙިޝް ޢަމަލުތަކަށް ތިމަންނަ ރުހެމޭ ނުވަތަ އެކަންކަމަށޭ ތިމަންނަ ތާއީދު ކުރަނީ. އެބުނަނީ ﷲ ޙަރާމް ކުރައްވާފައިވިޔަސް ތިމަންނަ ހުންނާނީ ހަމަ އެކަމުގެތެރޭގައޭ” ޝައިޚް ވިދާޅުވިއެވެ.

‎ދާރިސްޓީވީއިން ގެނެސްދިން ’29މިނެޓް’ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޢަމަލުތަކަށް ޖަވާބުދާރީ ވާންޖެހޭނެ ބައެއް ކަމަށާއި މުންކަރާތްތަކަށް ތާއީދުކޮށް އެކަމުގައި ޢަމަލީގޮތުން އުޅެ އެގޮތުގައި މަރުވެގެން ހިނގައްޖެނަމަ ﷲ ގެ ޙަޟްރަތުގައި އަޅުގަނޑުމެން ދައްކާނީ ކޮން މޫނެއްތޯއާއި ﷲ ގެ ކުރިފުޅުމަތީގައި ޖަދަލު ކުރެވޭނީ ކޮން އިންސާނަކަށްތޯ ޝައިޚް ސުވާލުކުރެއްވިއެވެ.

މައުލޫމާތު: ސަލަފް އެމްވީ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް