ރެއާލް މެޑްރިޑަކީ ދުނިޔޭގައި މިހާތަނަށް އުފެދު އެންމެ މޮޅެތި ކުޅުންތެރިން ކުޅެފައިވާ ކުލަބު ކަމަށާއި ނަމަވެސް އަދިވެސް ކުލަބަށް އެންމެ ބޮޑަށް މިސްވާ ކުޅުންތެރިއަކީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް އެ ކުލަބުގެ ރައީސް ފްލެރެންޓިނޯ ޕެރޭޒް ބުނެފިއެވެ.
ރެއާލް މެޑްރިޑުގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ވާހަކަދައްކަމުން ޕެރޭޒް ބުނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ކުލަބަކީ ރެއާލް މެޑްރިޑް ކަމަށާއި ނަމަވެސް ފަހަކަށް އައިސް ރެއާލްގެ ހާލަތާއި މެދު ކަންބޮޑުވާކަމަށެވެ. އަދި ރެއާލްއަށް ކުޅެމުން އައި ހުނަރުވެރި ގިނަ ކުޅުންތެރިން މިހާރު ކުލަބުގައި ނެތުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ވެސް ޕެރޭޒް ބުންޏެވެ.
ޕެރޭޒް ބުނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިހާތަނަށް ރެއާލް މެޑްރިޑް ދުއް އެންމެ ކާމިޔާބު އަދި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ރޮނާލްޑޯ ކުލަބު ދޫކޮށް ދިއަ ފަހުން ކުލަބުގެ ހާލަތު ވަރަށް ބޮޑަށް ދައްވިކަމަށެވެ. ނަމަވެސް ފަހުން ކުލަބުގެ ހާލަތު ރަނގަޅުވެ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް އޭނާ ބުންޏެވެ.
ޕެރޭޒް ބުނީ ރޮނާލްޑޯ ކުލަބު ދޫކޮށް ދިޔަ ދުވަހަކީ އެންމެ ދެރަވި ދުވަސް ކަމަށާއި، އަދިވެސް ރޮނާލްޑޯ މަތިން ވަރަށް މިސްވާކަމަށް އޭނާ ބުންޏެވެ.
"ރެއާލް އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ކާމިޔާބު ކުލަބް. އަދި ދުނިޔޭގެ އުފެދުނު އެންމެ މޮޅެތި ކުޅުންތެރިން ކުޅެފައިވާ ކުލަބުވެސްމެ. ނަމަވެސް އަދިވެސް އެންމެ މިސްވާ ކުޅުންތެރިޔަކީ ރޮނާލްޑޯ." ޕެރޭޒް ބުންޏެވެ.
ރޮނާލްޑޯ ރެއާލް ދޫކޮށް ދިޔައީ2018 ވަނަ އަހަރިގައެވެ. ރެއާލް ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ ރެއާލްގެ ރައީސް ޕެރޭޒް އާއި ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުން ކަމަށް އޭރު މީޑިއާތަކުން ވަނީ ޚަބަރު ފަތުރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް