18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ދެންމެ ބުނެފައިވަނީ މިފަދަ މައްސަލައެއް ހުށަހަޅާފައވަނީ ނޯތު ސެންޓްރަލް ޕޮލިސް ރީޖަނުން ކަމަށެވެ. އެ ރީޖަންގައި ހިމެނެނީ ކ. އަތޮޅާއި އއ. އަތޮޅާއި ދ. އަތޮޅުގެ އިތުރުން ވ. އަތޮޅެވެ.
މިފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް