ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުގައި ތޮށިގަނޑު ކައިރީގައި އަނިޔާތަކަކާއެކު އޮއްވާ މިއަދު ފެނުނު މީހާ ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު މެންދުރު 12:00 ހާއިރު ފުލުހުން ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލު ކައިރި ބޭރ ތޮށި މޫދުން އަނިޔާވެފައި އޮތް މީހަކު ފެނިގެން އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
އެއަށްފަހު މެންދުރު 01:00 ހާއިރު ފުލުހުން ބުނެފައިވަނީ އެމީހާގެ ބޮލަށް އަނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށާއި އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެންކަމަށް ބެލެވޭ ކަމަށެވެ.
އިރު އޮއްސުނުހާއިރު ފުލުހުން ބުނެފައިވަނީ ފަރުވާދެމުންދަނިކޮށް އެމީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް