ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ތޮށި ކައިރިން މޫދުން މީހަކަށް އަނިޔާވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލު ކައިރި ބޭރު ތޮށި މޫދުން އަނިޔާވެފައި އޮތް މީހަކު ފެނިގެން އެމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
މީހާގެ ބޮލަށް އަނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށާއި އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެންކަމުގައި ބެލެވޭކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މީހާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް