މިހާރު ކުރިއަށްދާ، ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ތިންވަނަ ދައުރު އިތުރު 15 ދުވަހަށް ދަންމާލަން ގަސްތުކުރައްވާކަމުގައި އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނުކުރައްވައިފިއެވެ.
އެގޮތުން މި ދައުރުގެ 55 ވަނަ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ ދައުރު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި ނަމަވެސް މި ދައުރުގައި މަޖިލީހުން ނިންމަންޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމާއެކު 15 ޑިސެމްބަރާއި ހަމައަށް އެ މުއްދަތު އިތުރުކުރަން ގަސްތުކުރައްވާކަމަށެވެ.
މިފަދަ ނިންމުމެއް ނިންމޭނީ ތަޅުމުގައި ނެގޭ ވޯޓަކުންނެވެ. އެހެންކަމުން މިއަދު ވޯޓު ގަޑީގައި އެކަމަށް ވޯޓަށް އެހުން އޮންނާނެކަމުގައި މަޖިލިސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ ޕީއެންސީގެ ސާފު މެޖޯރިޓީއެއްކަމުން 15 ދުވަހަށް އިތުރުކުރަން އަހާ ވޯޓު ފަސޭހަކަމާއެކު ފާސްކުރާނެކަމުގައި ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް