ވާރޭވެހޭތޯ ސަޢޫދީގައި އިސްތިސްޤާ ނަމާދެއް ކުރުމަށް ރަސްގެފާނު އެދިވަޑައިގެންފި

ވާރޭވެހޭތޯ ބުރާސްފަތި ދުވަހު އިސްތިސްޤާ ނަމާދެއް ކުރުމަށް އެ ޤައުމުގެ ރައްޔިތުންގެ ކިބައިން ސަލްމާން ރަސްގެފާނު އެދިވަޑައިގެންފިއެވެ. ސަޢޫދީ ޕްރެސް އޭޖެންސީން ބުނެފައިވާގޮތުގައި ނަމާދުގައި ބައިވެރިވެވ...

27 Nov 2024 | 00:45

ވާރޭވެހޭތޯ ބުރާސްފަތި ދުވަހު އިސްތިސްޤާ ނަމާދެއް ކުރުމަށް އެ ޤައުމުގެ ރައްޔިތުންގެ ކިބައިން ސަލްމާން ރަސްގެފާނު އެދިވަޑައިގެންފިއެވެ.

ސަޢޫދީ ޕްރެސް އޭޖެންސީން ބުނެފައިވާގޮތުގައި ނަމާދުގައި ބައިވެރިވެވޭ އެ ގައުމުގެ އެންމެހާ ރައްޔިތުން އެ ނަމާދުގައި ބައިވެރިވުމަށް ސައޫދީ ރަސްގެފާނު އެދިވަޑައިގެންފައިވެއެވެ.

އިސްތިސްޤާ ނަމާދަކީ ހަނަފަސްކަން ދިގު މުއްދަތަކަށް ދެމިގެންދާހިނދު ވާރޭވެއްސެވުމަށް އެދި ކުރެވޭ ނަމާދެކެވެ.

އިސްތިސްޤާ ނަމާދުކުރުން ސުންނަތްވެގެންވާ ޙާލަތަކީ: ވާރޭ ނުވެހި ފެން ނުލިބި ގިނަ ދުވަސްވެ، ވަޅުތަކުގެ ފެން ހިނދި ދަނޑުފަގު ހަނަފަސްވުމުންނެވެ. އިސްތިސްޤާ ނަމާދުކުރުން އެންމެ ރަނގަޅީ މައިދާނުގައެވެ. އެއީ ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ) އަރިހުން އެކަން އެގޮތަށް ކުރެއްވެވި ކަމަށް ދަލީލުތަކުން ސާބިތުވާ ގޮތެވެ. ނަމަވެސް މިސްކިތުގައި އިސްތިސްޤާ ނަމާދުކުރުން ހުއްދައެވެ.


މަސްދަރު: ސަޢޫދީ ޕްރެސް އޭޖެންސީ / އިތުރު މަޢުލޫމާތު: މިއަދު ނޫސް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް