އިޒްރޭލު ޕާސްޕޯޓު މަނާކުރުން އަވަސްކުރުމަށް ޝައިޚް ޝުޢައިބު ގޮވާލައްވައިފި

އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އިޒްރޭލު މީހުން ރާއްޖެއައުން ހުއްޓުވުމުގެ މަސައްކަތް އަަވަސްކުރުމަށް އައްޝައިޚް ޝުޢައިބު ނާޒިމު ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލައްވައިފިއެވެ. ޕްރޮގްރާމުގެ ޕްރެސެންޓ...

26 Nov 2024 | 19:43

އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އިޒްރޭލު މީހުން ރާއްޖެއައުން ހުއްޓުވުމުގެ މަސައްކަތް އަަވަސްކުރުމަށް އައްޝައިޚް ޝުޢައިބު ނާޒިމު ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލައްވައިފިއެވެ.

ޕްރޮގްރާމުގެ ޕްރެސެންޓާ ޢަލީ ރަމީޒުގެ ސުވާލުގައި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ މަސައްކަތް ފެންނަނީ ވަރަށް ދިއުޅި ދިގުކޮށް ދާތަންކަންކަމަށާއި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމާ ދެކޮޅަށް ވަރަށް މަދު ބަޔަކު ވާހަކަ ދައްކަމުންދާކަން ފާހަގަ ކުރެއްވިއެވެ. އަދި މިކަމުގައި ޝައިޚް ދެކެލައްވާގޮތަކީ ކޮބާތޯ ޝައިޚް ޝުޢަބު ނާޒިމުއާ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ޝައިޚް ޝުޢައިބު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން މިއުޅެނީ އަޅުގަނޑުމެންގެ މުސްލިމް އަޚުންނާއި އުޚްތުން އެއްވެސް ރަޙްމެއް ނެތްގޮތުގައި ކޮންމެ ދުވަހަކު ޤަތުލު ކުރަމުންދާތީ ކަމަށާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުން ގުޅިފައިވަނީ އަޅުގަނޑުމެންގެ ދީނާ އަޅުގަނޑުމެންގެ ޢަޤީދާއާ ކަމަށެވެ.

ދާރިސްޓީވީއިން މިރޭ ފޮނުވި ޢިލްމީ ޚަޒާނާގެ 552 ވަނަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝައިޚް ޝުޢައިބު ނާޒިމް ވިދާޅުވީ ކޮންމެހެންވެސް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ޖެހޭނެ ކަމަށާއި މިކަމުގައި އެއްގޮތަކަށްވެސް ލަސްކުރުމެއް އޮވެގެން ނުވާނެކަމަށެވެ.

"ސަރުކާރަށްވެސް އަދި މަޖިލިސް މެމްބަރުންނަށްވެސް އަޅުގަނޑު ގޮވާލަނީ މިކަން (އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް) ވީހާވެސް އަވަހަށް ކުރުމަށް. އަދި ﷲ އަށް އިޚްލާޞްތެރިކަމާއެކު މިކަން ކޮށްފިނަމަ އިންޝާﷲ އަޅުގަނޑުމެންނަށް ﷲ ނަސްރު ދެއްވާނެ. އަދި އަޅުގަނޑުމެންގެ ޙާލަތު ރަނގަޅުވާނެ ގޮތްގޮތް އެއިލާހު މިންވަރުކޮށްދެއްވާނެ. އެހެންވީމަ އަޅުގަނޑު ހަރު އަޑުން ގޮވާލަން އިޒްރޭލުގެ ޕާސްޕޯޓު މަނާކުމުރުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް" ޝައިޚް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް