މޭ ނުބައިކުރުމުން ދުރުކޮށްދޭ ބޭހެއް އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

މޭނުބައިކުރުމުން ދުރުކޮށްދޭ ބޭހެއް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. އެކަން ހާމަކޮށް އެ އޮތޯރިޓީން މިއަދު ބުނެފައިވަނީ ރާއްޖެ އެތެރެކޮށ...

27 Nov 2023 | 12:00

މޭނުބައިކުރުމުން ދުރުކޮށްދޭ ބޭހެއް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެކަން ހާމަކޮށް އެ އޮތޯރިޓީން މިއަދު ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ބޭހެއް ކަމަށްވާ Emidone Suspension ގައި ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) ހިމެނޭކަމަށް ޕާކިސްތާނުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީއިން ވަނީ އަންގާފައި ކަމަށެވެ.

މި ބޭހަކީ ލައިފްސަޕޯޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެތެރެކޮށް ވިއްކަމުން އަންނަ ބޭހެކެވެ.

އެމްއެފްޑީއޭއިން ބުނެފައިވަނީ މިއަދުން ފެށިގެން މި ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުމަކީ މަނާވާނެ ކަމަށެވެ.

މީގެ އިތުރުން، އަމިއްލަ ބޭނުންމަށް ބޭސް ސިޓީއަށްވެސް މި ބޭސް އިމްޕޯޓް ކުރުންވެސް މަނާވާނެ ކަމަށާއި އަދި މިބޭސްތައް އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް