އެކުވެރި، ގާތް ފަރާތަކަށް ސަޕްރައިޒެއްގެ ގޮތުގައި ކެއުމެއް، ކޮފީއެއް ދޭން ބޭނުން ނަމަ އުރީދޫގެ ޓެކްސްޓް އަ ކޮފީ !

ޚާއްސަ މުނާސަބަތަކާއި ގުޅުވައި ނުވަތަ ޚާއްސަ ކާމިޔާބަކާއި ގުޅުވައި އެކުވެރި، ރަހުމަތްތެރި ނުވަތަ ގާތް ފަރާތަކަށް ސަޕްރައިޒެއްގެ ގޮތުގައި ކޮފީއެއް ނުވަތަ ކެއުމެއް ހަދިޔާކޮށްލަން ބޭނުންހެއްޔެވެ. އެހެންކ...

27 Nov 2023 | 09:29

ޚާއްސަ މުނާސަބަތަކާއި ގުޅުވައި ނުވަތަ ޚާއްސަ ކާމިޔާބަކާއި ގުޅުވައި އެކުވެރި، ރަހުމަތްތެރި ނުވަތަ ގާތް ފަރާތަކަށް ސަޕްރައިޒެއްގެ ގޮތުގައި ކޮފީއެއް ނުވަތަ ކެއުމެއް ހަދިޔާކޮށްލަން ބޭނުންހެއްޔެވެ.

އެހެންކަމުގައިވަނީނަމަ އުރީދޫ މޯލްޑިވްސްގެ "ޓެކްސްޓް އަ ކޮފީ" އަކީ ސަޅި ހައްލަކަށް ވެދާނެއެވެ.

އުރީދޫ ކަސްޓަމަރުންނަށް ޓެކްސް އަ ކޮފީގެ ވެބް ޕޯޓަލް މެދުވެރިކޮށް ore.do/txtcofy ރާއްޖޭގެ މައްޝޫރު ބްރޭންޑްތަކުގެ އެންމެ މީރު އުފެއްދުންތައް ހަދިޔާކޮށްލެވޭނެއެވެ. މީގެ ތެރެއެން ކެފޭ ލަޔާ، މޫވެންޕިކް (މާލެ)، ލަވޭރާ ޕިޒޭރިއާ، މަމަކް (ހުޅުމާލެ)، މަންޑޭޒް، ވީއާރް ކެފޭ، ހޮޓްވޮކް، މެރާކީ ކޮފީ ރޯސްޓާރސް، އައިމީސީ، މެޑްމެކްސް ބިސްޓްރޯ، ވިކްޓޯރިއަސް ކެފޭ ގެ މަގުބޫލު ބުއިންތަކާއި ކެއުން ޓެކްސްޓަ އަ ކޮފީ މެދުވެރިކޮށް ގިފްޓް ކޮށްލެވޭނެއެވެ.

ޓެކްސް އަ ކޮފީ މެދުވެރިކޮށް ފޮނުވާ ހަދިޔާ ގެ އަގު ޕޯސްޓްޕެއިޑް ކަސްޓަމަރެއް ނަމަ ޕޯސްޓްޕެއިޑް ބިލަށް އެއްވެގެން ދާނެއެވެ. އަދި ޕްރިޕެއިޑް ކަސްޓަމަރެއް ނަމަ ޕްރިޕެއިޑް ބެލެންސް އިން ކެނޑިގެން ދާނެއެވެ. ޓެކްސް އަ ކޮފީ މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ނެޓްވަރކެއް ބޭނުންކުރައްވާ ބޭފުޅަކަށްވެސް ހަދިޔާ ކޮށްލެވޭނެއެވެ. ހަދިޔާކޮށްލުމާއި އެކު، ހަދިޔާ ލިބިގެންދާ ފަރާތަށް އެސްއެމްއެސް މެދުވެރިކޮށް، ހަދިޔާގެ މައުލޫމާތާއި ޓްރާންސެކްޝަން ކޯޑެއް ހިމެނޭ ކޮންފަމޭޝަން މެސެޖެއް ލިބިގެންދާނެއެވެ. މިގޮތުން، ހަދިޔާ ލިބިގަތުމަށް، ކެފޭ ނުވަތަ ރެސްޓޯރަންޓަށް ވަޑައިގަންނަވައި ޓްރާންސެކްޝަން ކޯޑް ހިއްސާކޮށްލައްވާށެވެ. މި ޚިދުމަތް އަމިއްލަ މީހާގެ ބޭނުމަށްވެސް ޚިޔާރު ކުރެވިދާނެއެވެ. އެގޮތުން އަމިއްލަ ނަމްބަރަށް އަމިއްލަ ނަމްބަރުންވެސް "ޓެކްސްޓް އަ ކޮފީ" އެއް ޚިދުމަތް ހަދިޔާކޮށްލެވޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރެއްނަމަ ބިލު އެޑްވެގެންދާނީ ޖެހިގެން އަންނަ ޕޯސްޓްޕެއިޓް ބިލަށެވެ.

ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް، ތަފާތު ހަދިޔާ ފޮނުވޭނެ ގޮތަށް، ކުރިއަށް އޮތްތަނުގައި އުރީދޫގެ ޓެކްސްޓް އަ ކޮފީ މެނިއު އިތުރަށް ފުރިހަމަ ކުރަމުންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް