މޭޔަރު ބައި-އިލެކްޝަން ޖަނަވަރީ 13ގައި

މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ...

27 Nov 2023 | 05:51

މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އީސީގެ ނައިބުރައީސް އިސްމާއިލް ހަބީބު ރޭގައި ވިދާޅުވީ ބައި-އިލެކްޝަން ޖަނަވަނީ 13ގައި ބޭއްވުމަށް ނިންމާފައިވާއިރު ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މާދަމާ (28 ނޮވެމްބަރު)ގައި ހުޅުވާލާނެ ކަމަށެވެ. އަދި ކުރިމަތިލުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހާއި ހަމައަށް އޮންނާނެ ކަމުގައިވެސް ހަބީބް ވިދާޅުވިއެވެ.

މާލޭ ސިޓީގެ މޭޔަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި މޭޔަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

މޭޔަރު އިންތިހާބުގެ ތާރީޚް މިހާރު އެނގިފައިވާއިރު މޭޔަރުކަމަށް ކުރިމަތިލާނެކަން ބައެއް ފަރާތްތަކުން އިއުލާނުކޮށް މިހާރުވެސް އަންނަނީ ކެމްޕޭނު ކުރަމުންނެވެ. އެގޮތުން ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރާއި، ކުރީގެ ޔޫތު މިނިސްޓަރު މަހްލޫފާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މުޙައްމަދު ސައިފް ފާތިހް ވަނީ ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް