ފީފާ ވޯލްޑް ކަޕް 2022: ޖާމަނީ - ސްޕެއިން މެޗު ޕްރިވިޔު

ތާރީޚް: 28 ނޮވެމްބަރ 2022 ގަޑި: 00:00 ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް ގްރޫޕް: އީ ހެޑް-ޓު-ހެޑް ނަތީޖާތައް: ސްޕެއިން އާއި ޖަރުމަނު ވޯލްޑް ކަޕްގައި މިހާތަނަށް 3 ފަހަރެއްގެ މަތިން ކުރިމަތިލާފައިވާއިރު،...

27 Nov 2022 | 16:29

ތާރީޚް: 28 ނޮވެމްބަރ 2022

ގަޑި: 00:00

ސްޓޭޑިއަމް: އަލް ބައިތު ސްޓޭޑިއަމް

ގްރޫޕް: އީ

ހެޑް-ޓު-ހެޑް ނަތީޖާތައް:

ސްޕެއިން އާއި ޖަރުމަނު ވޯލްޑް ކަޕްގައި މިހާތަނަށް 3 ފަހަރެއްގެ މަތިން ކުރިމަތިލާފައިވާއިރު، ކޮންމެ ބަޔަކަށް ލިބުނީ އެއް މޮޅެވެ. އަނެއް މެޗު ވީ އެއްވަރެވެ. ޔުއެފާ ނޭޝަންސް ލީގުގައި 2020 ވަނަ އަހަރު މި ދެ ޓީމު އެއް ގްރޫޕެއްގައި ލައްވާލިއިރު، އެއް މެޗު އެއްވަރުވެ، އަނެއް މެޗު ތަފާތު ބޮޑު ނަތީޖާއަކުން ސްޕެއިން ކާމިޔާބުކުރީއެވެ.

ޖަރުމަނު ފުރަތަމަ ކުޅުނު މެޗުން 2-1 ގެ ނަތީޖާއިން ޖަޕާން އަތުން ވަނީ ބަލިވެފައެވެ. އަނެއްކޮޅުން މިރޭ ޖަޕާންއާ ކުޅެ ކޮސްޓަރިކާ ވަނީ މޮޅުވެފައެވެ. އެހެންކަމުން މި ގްރޫޕްގައި މިވަގުތު ޖަރުމަނަށް ޕޮއިންޓެއް ލިބިފައިނުވާއިރު، އެހެން ހުރިހާ ޓީމަކަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން، މިރޭގެ މެޗަކީ ޖަރުމަނަށް މޮޅުވުން މަޖުބޫރު މެޗެކެވެ.

ފުރަތަމަ މެޗުގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނަސް، ވޯލްޑް ކަޕްގައި ވިދާލާނެ ކަމަށް ބެލެވުނު ޖަރުމަނުގެ ޒުވާން ކުޅުންތެރިޔާ މުސިއަލާގެ ކުޅުން ޖަރުމަނަށް ވަރަށް މުހިންމުވާނެއެވެ. ޚާއްސަކޮށް އޭނާ ރަނގަޅަށް ކުޅޭނަމަ އެޓޭކްތައް އުފެއްދުމަށް ފަސޭހަވެގެން ދާނެއެވެ. މީގެ އިތުރުން، ޖަރުމަނު ޓީމު މިރޭގެ މެޗާ ކުރިމަތިލާއިރު، ތަޖުރިބާކާރު މުލާ އާއި ގުންޑޮގާން އަށް ޓީމު ބަރޯސާވާ މިންވަރު ބޮޑުވާނެއެވެ.

ސްޕެއިން ޓީމަށް ބަލާއިރު، ފުރަތަމަ މެޗުން މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ބޮޑު ތަފާތުން އެ ޓީމު އޮތީ މޮޅުވެފައެވެ. ސްޕެއިން ޓީމުން މިރޭ ވެސް އަވަސް ޕާސިން ގޭމަކާއެކު މެޗު ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެން ކުޅެން މަސައްކަތް ކުރާނެއެވެ. އެހެނަސް، ކޮސްޓަރިކާ އާދެކޮޅަށް ކުޅުނު މެޗަށްވުރެ މި މެޗު އެތައް ގުނައެއް އުނދަގޫވާނެކަމަށް ބެލެވޭނެއިރު، ސްޕެއިން ޓީމުގެ ގަވީ އާއި ޕެޑްރީގެ ކުޅުން ނުހުއްޓުވޭނަމަ ޖަރުމަނަށް ވަރަށް ނުރައްކާވާނެއެވެ.

ޖާމަނީ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ނޯޔާ، ސުލޭ، ރުޑިގާ، ޝުލޮޓާބެކް، ރައުމް، ކިމިޗް، ގުންޑޮގާން، ނަބްރީ، މުލާ، މުސިއަލާ، ހަވާޓްޒް

ސްޕެއިން ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ސިމޯން، އެޒިޕްލިކުއޭޓާ، ރޮޑްރީ، ލަޕޯޓޭ، އަލްބާ، ޕެޑްރީ، ބުސްކެޓް، ގަވީ، ޓޮރޭސް، އެސެންސިއޯ، އޮލްމޯ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް