1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އޭވް އިން ބޭއްވުމަށް ހަމަޖެހިފައިވާ މަދަހަ ޗެލެންޖްގެ ލޯގޯ ޑިޒައިންކުރުމަށް ހުޅުވާލައިފިއެވެ.
އޭވް މަދަހަ މުބާރާތް ފުރަތަމަ ބޭއްވީ މިދިޔަ އަހަރު ގެ ރޯދަ މަހު އެވެ. އޭވްއިން ބުނީ ކުރިން ލިބުނު ތަރުހީބަށް ބަލައި މިއަހަރާއި ކުރިއަށް އަހަރުތަކުގައި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އީވްއިން ބުނީ ލޯގޯ ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލަން ނިންމީ މުބާރާތް ބުރޭންޑްކޮށް ބެލުންތެރިންނާ ހަމައަށް ރަގަޅު ފެންވަރެއްގައި ހިންގޭ ޗެލެންޖެއްގެ ގޮތުގައި ގެނެސްފިނުމަށެވެ.
ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ31 ވަނަ ދުވަހެވެ. މިފުރުސަތުގައި ކޮންމެ މީހަކަށްވެސް ތިން ޑިިޒައިނެއް ހުށަހެޅޭނެ އެވެ.
އޭވްއިން ބުނީ ލޯގޯ ޑިޒައިން ކުރުމުގައި ތިން ކުލައަށްވުރެ އިތުރު ނުވާނެ ގޮތަކަށް ކުލަތައް ބޭނުންކުރުމަށާއި، ފަސޭހައިން ބޭނުންކުރެވޭނެ ރީތި ލޯގޯއެއް ޑިޒައިންކުރުމަށް އެދޭ ކަމަށެވެ. އަދި އުފެއްދުންތެރި އަމިއްލަ ލޯގޯއެއްގެ ގޮތުގައި ޑިޒައިންކުރުމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ.
މި ފުރުސަތުގައި ލޯގޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށް އޭވް އިން ފަސް ޕަސެންޓުގެ ޑިސްކައުން ކާޑެއް ދޭނެ އެވެ، އަދި އެއްވަނައަށްދާ މީހަކަށް ރެޑްމީ ނޯޓު11 އެއް ލިބޭނެ އެވެ.
އެއް ވަނައަށް ހޮވޭ ފަރާތެއް ކަނޑައަޅާނީ، މިކަމަށް ކަނޑައަޅާ ޖަޖިންގ ޕެނަލްއަށް ވަކި ކްރައިޓީރިއާއެއްގެ ދަށުން ޚާއްސަކުރެވިފައިވާ %50 މާރކްސްގެ އިތުރުން، "އޭވް" ގެ ފޭސް ބުކް ޕޭޖް އަދި އިންސްޓަގްރަމް ޕޭޖްގައި ކޮންމެ ބައިވެރިއެއްވެސް ހުށަހަޅާ ލޯގޯ ޕޯސްޓްކޮށް، އެ ޕޯސްޓަށް ލިބޭ "ލައިކް" ގެ އަދަދަށް ބަލައިގެން ބާކީ އޮތް %50 އަކީ އެކަމަށްދެވޭ މާރކްސްގެ ގޮތުގައި ކަނޑައަޅައިގެން ޖުމްލަ އެންމެ މަތީ މާރކްސް ލިބޭ ފަރާތެއް ހޮވާ އުސޫލުންނެވެ.
އެގޮތުން ޖަނަވަރީ 2023 ގެ ނިޔަލަށް ޕޯސްޓަށް "ލައިކް" ކުރުމަށް ފުރުސަތު ހުޅުވާލެވިފައިވެއެވެ.
ވޭތުވެދިޔަ އަހަރުގެ ރަމަޟާން މަހުވެސް އޭވް އިން ވަނީ ކާމިޔާބު މަދަހަ ޗެލެންޖެއް ބާއްވާފައެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުނު އެ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ، އެ މުބާރާތަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް