ަނަޝީދަށް ހަމަލާދޭން އުޅުމުގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް 30 ދުވަސް

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދު މުއްދަތު ޖަހައިފި އެވެ. މެންބަރު ނަޝީދަށް ...

27 Nov 2022 | 13:40

ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދު މުއްދަތު ޖަހައިފި އެވެ.

މެންބަރު ނަޝީދަށް ހަމަލާ ދޭން އުޅުނީ މިދިޔަ އަންގާރަ ދުވަހު އޭނާ ގެއިން ނުކުމެގެން ސައިކަލަށް އަރަން އުޅެނިކޮށެވެ. އެ މައްސަލާގައި ހައްޔަރުކުރީ 18 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވަނީ އެމީހާގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ހުށަހަޅާފައި ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެ އެވެ. އެގޮތުން ހެކިންގެ ހެކިބަހާއި ސީސީޓީވީ ފުޓޭޖާއި ލިބުނު އަނިޔާގެ ފޮޓޯ ހުށަހަޅާފައިވެ އެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ނެރުނު އަމުރުގައިވާ ގޮތުން، މާރާމާރީ އާއި ތޫނު ހަތިޔާރު ގެންގުޅުނު ކަމުގެ ރެކޯޑު އޮވެ އެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން 30 ދުވަސް ޖަހާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް