ހުޅުމާލޭގައި ގްރޭޑް 1-12 އަށް ކިޔަވައިދޭ ސްކޫލެއް އަޅަން ވިލާއަށް!

ހުޅުމާލޭ ފޭސް އެކެއްގައި ސްކޫލެއް އެޅުމަށް ވިލާ އެޑިއުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި އެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެ...

27 Nov 2022 | 11:41

ހުޅުމާލޭ ފޭސް އެކެއްގައި ސްކޫލެއް އެޅުމަށް ވިލާ އެޑިއުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. ވިލާ އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ އަހުމަދު އަންވަރެވެ.

ހަ ފަންގިފިލާއަށް އިމާރާތްކުރާ މި ސްކޫލްގައި20 ކްލާސްރޫމް ހުންނާނެ އެވެ. އެއީ761 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

މި ސުކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގްރޭޑް 1-12 ގެ ދަރިވަރުންނަށެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކިޔަވައިދެވޭނެ އިންތިޒާމް މި ސުކޫލުގައި ހަމަޖައްސާނެ އެވެ. މީގެއިތުރުން، ރޮބޮޓިކް ލެބްވެސް މި ސުކޫލުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވެ އެވެ.

ވިލާއިން ބުނީ މި ސްކޫލް ހުޅުވުމުން ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހިވާނެ ކަމަށެވެ. އެގޮތުން، އެޑްމިނިސްޓްރޭޓިވް ދާއިރާއިންނާއި އެކެޑެމިކް ދާއިރާއިން 100 ވަރަކަށް ވަޒީފާގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން ދަނީ ހުޅުމާލެގައި ފެންވަރު ރަނގަޅު ތައުލީމީ ޖީލެއް ބިނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުން މިކަމަށް ދެމުންދާ އެއްބާރުލުން ދޭކަން ފާހަގަ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް