ގދ. ގައްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެ ކުންފުނިން ބުނީ އަމަލީ މަސައްކަތް ފެށީ އިއްޔެ ކަމަށެވެ.
އެމްޓީސީސީން ބުނީ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ މިހާރު ހުރި ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތް ކަމަށެވެ. ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައި ކަމަށްވެސް ބުންޏެވެ
މި މަޝްރޫޢުގެ ދަށުން، 23,017 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 232 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 35 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 320 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 320 މީޓަރުގެ ސްކޯރިންގ އޭޕްރަންއެއް ހަދާނެ އެވެ.
މީގެ އިތުރުން ބްރިޖެއް ހެދުމާއި، 1600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫޢަކީ 42.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް