އިންޑިއާގެ ޒުވާނުން ހަލާކު ކުރަނީ އުރްފީ ކަމަށް ޗީތަން ބުނެފި

އިންޑިއާގެ ޒުވާނުން ހަލާކު ކުރަނީ އިންޑިއާގެ ޓީވީ ޑްރާމާ ސިލްސިލާތަކުން މަޝްހޫރުވެގެން ދިޔަ އުރްފީ ޖާވީދު ކަމަށް މަޝްހޫރު ލިޔުންތެރިޔާ ޗީތަން ބާގަތް ބުނެފި އެވެ. އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަމުނ...

27 Nov 2022 | 09:25

އިންޑިއާގެ ޒުވާނުން ހަލާކު ކުރަނީ އިންޑިއާގެ ޓީވީ ޑްރާމާ ސިލްސިލާތަކުން މަޝްހޫރުވެގެން ދިޔަ އުރްފީ ޖާވީދު ކަމަށް މަޝްހޫރު ލިޔުންތެރިޔާ ޗީތަން ބާގަތް ބުނެފި އެވެ.

އިވެންޓެއްގެ ތެރެއިން ވާހަކަ ދައްކަމުން ޗީތަން ބުނީ އިންޑިއާގެ ޒުވާނުންގެ ތެރެއިން ބަޔަކު ޖީލު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާއިރު އަނެއް ބައި ޒުވާނުން ދަނީ އެނދުގައި އޮވެގެން އުރްފީގެ ބަރަހަނާ ހާލުގައި ހުންނަ ފޮޓޯތަށް ބަލަމުން ކަމަށެވެ.

އޭނާ ބުނީ ޒުވާން ޖީލު ހަލާކު ކުރަމުންދަނީ އުރުފީމެން ކަހަލަ މީހުން ކަމަށެވެ.

މި ވާހަކަތަކާއި ގުޅިގެން އުރްފީވަނީ ވަރަށް ރުޅިއައިސްފައި އެވެ. އޭނާ ބުނީ ޒުވާން ޖީލު އޭނާ ހަލާކު ކުރާކަމަށް ބުނި އިރު އޭނާ ކުރާ ކަންތައް ބަލައި އެގޮތަށް އުޅެން އެއްވެސް މީހަކަށް މަޖުބޫރުކޮށް ނަސޭހަތް ދީފައި ނުވާނެ ކަމަށެވެ.

އަބަދުވެސް ބުނަމުން ދަނީ ހެދުން އެޅުމުގައި ފިރިހެނުންނާއި އެއްވަރަށް އަންހެނުންނަށް މިނިވަންކަން އޮންނާނެ ކަމަށާއި ޗީތަންގެ ވާހަކައިން ފިރިހެނުންނަށް ރޭޕަށް ހިތްވަރުދޭ ކަމަށެވެ. އަދި އެފަދަ ވިސްނުންތަކަކީ 80 ގެ ވިސްނުން ކަމަށް އުރްފީ ބުނެފައިވެ އެވެ.

އުރްފީއަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ގިނަ މީހުން ފޫހިވާ ގިނަބައެއްގެ ނުރުހުން އަމާޒުވާ މީހާއެވެ. މިނިވަންކަމަށް ވަކާލާތު ކުރާ ކަަމަށް ބުނެ އާންމުންގެ ތެރެއަށް ނިވާކަން ކުޑަހެދުން ލައިގެން ނުކުތުމަކީ މިހާރު އޭނާ އާންމުކޮށް ކުރާ މަސައްކަތެވެ.

ޗީތަން ލިޔެފައިވާ މަޝްހޫރު ވާހަކަތަކަށް ހަދާފައިވާ ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި "2 ސްޓޭޓް" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް