ވިނަރެސް ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފި އެވެ. މި ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ11 ވަނަ ދު...

27 Nov 2022 | 09:04

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ވިނަރެސް ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފި އެވެ.

މި ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ11 ވަނަ ދުވަހު އެވެ. ވިނަރެސްގެ 1،344 އެޕާޓްމެންޓަށް ކުރިމަތިލާފައިވަނީ1،413 މީހުންނެވެ.

އެޗްޑީސީން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ އެ ކުންފުނިން މސައްކަތް ކުރީ ވީހާވެސް ހާމަކޮން ބޮޑުގޮތެއްގައި ފްލެޓުތައް ލިބޭ މީހުން ކަނޑައެޅުމަށް ކަމަށެވެ. މި މަސައްކަތް ކޮށްފައިވަނީ ޕްލޭނިން މިނިސްޓްރީއާއި ގުޅިގެންނެވެ.

އެޗްޑީސީން އާންމު ކުރި ވަގުތީ ލިސްޓުގައި ވާގޮތުން ޝަރުތުހަމަވަނީ723 މީހުންނެވެ. ބައެއް މީހުން ލިސްޓުން އުނިވި ބައެއް ސަބަބުތަކުގެ ތެރޭގައި ލިޔެކިޔުންތައް ހަމަނުވުން ހިމެނެ އެވެ.

މިއަދު އާންމުކުރި ވަގުތީ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ.

އެޗްޑީސީން ބުނީ ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މާލީ ގާބިލުކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ ފަރާތްތަކާއި ގުޅައިގެން އެޗްޑީސީން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ކޯ އެޕްލިކަންޓްސްގެ ގޮތުގައި ފޯމު ހުށަހަލާފައިވާ ފަރާތްތަކަށް ކުރިޔަށް ދެވޭނީ އެންމެ ފޯމެއްގައި ކަަމަށް ބުނެފައިވެ އެވެ.

https://twitter.com/hdcmaldives/status/1596761002338836482

އެޗްޑީސީން ވަނީ ފްލެޓާއި ގުޅޭ އެއްވެސް މައުލޫމާތެއް އެސްއެމްއެސް މެދުވެރިކޮށް ނުދޭނެ ކަން ހަނދާން ކުރުމަށް އިލްތިމާސްކޮށްފައި އެވެ. އެޗްޑީސީން ބުނީ ވިނަރެސް ފްލެޓުތަކާއި ގުޅޭގޮތުން އެ ކުންފުނިން ގުޅާނީ3353535 ނަމްބަރުން ކަމަށާއި އީމެއިލް ކުރާނީ [email protected] އިން ކަމަށް ބުނެފައި އެވެ.

ވިނަރެސް ފްލެޓުތަކުގެ އަގު އުޅެނީ2.5 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް