ފީފާ ވޯލްޑް ކަޕް 2022: ކްރޮއޭޝިއާ – ކެނެޑާ މެޗު ޕްރިވިޔު

ތާރީޚް: 27 ނޮވެމްބަރ 2022 ގަޑި: 21:00 ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް ގްރޫޕް: އެފް ހެޑް-ޓު-ހެޑް ނަތީޖާތައް: މިހާތަނަށް ވޯލްޑް ކަޕްގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިފައެއް ނުވެއެވެ. ފުރ...

27 Nov 2022 | 08:49

ތާރީޚް: 27 ނޮވެމްބަރ 2022

ގަޑި: 21:00

ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް

ގްރޫޕް: އެފް

ހެޑް-ޓު-ހެޑް ނަތީޖާތައް:

މިހާތަނަށް ވޯލްޑް ކަޕްގައި މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިފައެއް ނުވެއެވެ.

ފުރަތަމަ މެޗުގައި ހީކުރިގޮތާ ޚިލާފަށް ކްރޮއޭޝިއާއަށް އެންމެ މޮޅު ކުޅުމެއް ނުދެއްކުނެވެ. ހިތްވަރުގަދަ ކުޅުމެއް ދެއްކި މޮރޮކޯ ކޮޅަށް ކްރޮއޭޝިއާއަށް އެންމެ ލަނޑެއް ވެސް ނުޖެހުނެވެ. އެހެންކަމުން އެންމެ ޕޮއިންޓަކާއެކު އޮތް ކްރޮއޭޝިއާ ކުރިއަށް ދާން ބޭނުންވާނަމަ، މިރޭގެ މެޗުން މޮޅުވުން މުހިންމެވެ.

ކްރޮއޭޝިއާ ޓީމުގައި އަނިޔާގެ މައްސަލައެއް ނެތްއިރު، މިރޭގެ މެޗުގައި ވެސް އެ ޓީމުގެ އެންމެ ބޮޑު ބާރަކަށް ވާނީ މެދުތެރެއެވެ. އެހެނަސް، ކޮވަކިޗް، މޮޑްރިޗް އަދި ބްރުޒޮވިޗް ހިމެނޭ މިޑްފީލްޑަށް، ކެނެޑާގެ ހަލުވި ޓީމުގެ ކުރިމަތީގައި އުނދަގޫތަކެއް ކުރިމަތިވާނެކަން ޔަގީނެވެ.

ކެނެޑާ ޓީމު މި މެޗަށް ނުކުންނައިރު، ފުރަތަމަ މެޗުން ބެލްޖިއަމް އަތުން ބަލިވެފައި އޮތުމުން މި މެޗުން މޮޅުވުން މަޖުބޫރެވެ. ފުރަތަމަ މެޗުން ބަލިވިޔަސް، އެ މެޗުގައި ވެސް މޮޅަށް ކުޅުނީ ކެނެޑާއެވެ. އެ ޓީމަށް އޮތް ހިތްހަމަ ޖެހުމަކީ އެއީއެވެ. މެޗުން މޮޅުވުމަށްޓަކާ ރަނގަޅު ކޮށްލަން ޖެހޭ ކަމަކީ ގޯލަށް ފޮނުވާލާ ބޯޅަތައް އަމާޒަށް ފޮނުވާލުމެވެ. ބެލްޖިއަމް މެޗުގައި ކެނެޑާއިން 14 ޝޮޓެއް ފޮނުވާލިއިރު، ގޯލާ އަމާޒުވީ އެންމެ 3 ޝޮޓެވެ.

ކްރޮއޭޝިއާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ލިވަކޮވިޗް، ޖުރަނޮވިޗް، ލޮވްރެން، ގްވާޑިއޮލް، ސޯސާ، މޮޑްރިޗް، ބްރޮޒޮވިޗް، ކޮވަކިޗް، ކްރަމަރިޗް، ލިވާހާ، ޕެރިސިޗް

ކެނެޑާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ބޯހަން، ލަރެއާ، ޖޯންސްޓޯން، ވިކްޓޯރިއާ، މިލާ، ޑެވީސް، ބުޗާނަން، ހުޓްޗިންސަން، އެއުސްޓާކިއޯ، ލަރިން، ޑޭވިޑް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް