ފީފާ ވޯލްޑް ކަޕް 2022: ބެލްޖިއަމް - މޮރޮކޯ މެޗު ޕްރިވިޔު

ތާރީޚް: 27 ނޮވެމްބަރ 2022 ގަޑި: 18:00 ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް ގްރޫޕް: އެފް ހެޑް-ޓު-ހެޑް ނަތީޖާތައް: 1994 ވަނަ އަހަރު މި ދެ ގައުމު ވޯލްޑް ކަޕްގައި ވާދަކުރިއިރު، އެ މެޗު 1-0 ގެ ނަތީޖާއިން ކާމ...

27 Nov 2022 | 08:17

ތާރީޚް: 27 ނޮވެމްބަރ 2022

ގަޑި: 18:00

ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް

ގްރޫޕް: އެފް

ހެޑް-ޓު-ހެޑް ނަތީޖާތައް:

1994 ވަނަ އަހަރު މި ދެ ގައުމު ވޯލްޑް ކަޕްގައި ވާދަކުރިއިރު، އެ މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ބެލްޖިއަމްއެވެ.

ފުރަތަމަ މެޗުން ގްރޫޕްގައި އޮތް ގަދަ ބާރެއްކަމުގައި ބެލެވުނު ކްރޮއޭޝިއާ އާ އެއްވަރު ކޮށްލެވިފައި އޮތުމަކީ މޮރޮކޯއަށް އޮތް ހިތްހަމަޖެހުމެވެ. އަނެއްކޮޅުން ބެލްޖިއަމް އިން ކެނެޑާ ބަލިކޮށްފައި އޮތަސް، އެ މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ބަލާއިރު، މޮރޮކޯއަށް ބެލްޖިއަމްގެ މައްޗަށް ރަނގަޅު ނަތީޖާއެއް ނުހޯދެންވީ ސަބަބެއް ނެތެވެ.

ބެލްޖިއަމްގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ބުނި ފަދައިން އެ ޓީމު ވަރަށް މުސްކުޅިއެވެ. ހަޒާޑް އެއްބަސްވި ފަދައިން އެ ޓީމުގެ ޑިފެންސް ބަރުހެއްޔެވެ. އެހެންކަމުން، ހަކީމް ޒިޔެކް އާއި އަޝްރަފް ހަކީމީ ފަދަ ހަލުވި ކުޅުންތެރިން ހިމެނޭ މޮރޮކޯއަށް ރަނގަޅު ނަތީޖާއެއް ހޯދުމުގެ ފުރުސަތު އެބަ އޮތެވެ. އެހެނަސް ފުރަތަމަ މެޗުން ހަކީމީ އަށް އަނިޔާއާ ކުރިމަތިވިކަން ވެސް ފާހަގަކުރަން ޖެހެއެވެ. މިރޭގެ މެޗުން މޮރޮކޯ މޮޅުވެއްޖެނަމަ، ދެ ވަނަ ބުރަށް ދިއުމަށް ވަރަށް ބޮޑު އުންމީދަކަށް ވާނެއެވެ.

ބެލްޖިއަމް ޓީމަށް ބަލާއިރު، އަދިވެސް ލުކާކޫ މުޅިން ފިޓެއް ނޫނެވެ. މިރޭގެ މެޗުގެ ފުރަތަމަ 11 އިން ވެސް އޭނާ ފެނިދާނެކަމާމެދު ޝައްކެވެ.

ބެލްޖިއަމް ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ކޯޓުއާ، އެލްޑާވިއަރޭލްޑް، ވާޓޮންހެން، ޑެންޑޮންކާ، މުނިއާ، އޮނާނާ، ވިޓްސެލް، ކަރަސްކޯ، ޑެ ބްރޫނޭ، ހަޒާޑް، ބަޓްޝުއާއީ

މޮރޮކޯ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ބޯނޫ، ހަކީމީ، އެގާޑް، ސައިސް، މަޒްރާއޯ، އޯނަހީ، އަމްރާބަޓް، އަމާލާ، ޒިޔެކް، ނަސޭރީ، ބޯފަލް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް