ހދ. ކުމުންދޫ ފެރީ ހަޓް ބޭނުން ކުރަން ފަށައިފި އެވެ.
މި މަސައްކަތް ކުރީ އެމްޓީސީސީންނެވެ. އެ ކުންފުނިން ބުނީ ހަޓުގެ ހުރިހާ މަސައްކަތް ނިނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ މިއީ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" މަޝްރޫޢުގެ ދަށުން، ޒޯން އެކެއްގައި ޤާއިމުކުރެވުނު ފެރީ ހަޓެއް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވާރސަލް ޓޮއިލެޓެއް ހަދާފައިވެ އެވެ.
އެމްޓީސީސީން ދަނީ ފެރީގެ ހިދުމަތްދޭ ހުރިހާ ރަށެއްގައ ހަޓުތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ކުންފުނީގެ ހައި ސްޕީޑު ފެރީގެ ހިދުމަތް މިހާރު ވަނީ ހަތަރު އަތޮޅެއްގައި ފަށާފައި އެވެ. އެއީ ހއ. ހދ. ށ. އަދި ޅ އަޮޅުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް