އަޖޭއަކީ ވަރަށް މޮޅު ކައްކާއެއް އެކަމަކު ކައްކާތަން އެކަކަށްވެސް ނުދައްކާނެ: ކާޖޮލް

ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަން އަކީ މޮޅު ކައްކާއެއް ކަމަށް އަންހެނުން އަދި ބަތަލާ ކާޖޮލް ދޭވްގަން ބުނެފި އެވެ. ޓީވީޝޯއެއްގައި ގެސްޓެއްގެ ގޮތުގައި ބައިވެރިވެގެން ދެއްކި ވާހަކައެއްގައި ކާޖޮލް ބުނީ އަޖޭ...

27 Nov 2022 | 05:57

ބޮލީވުޑްގެ ބަތަލް އަޖޭ ދޭވްގަން އަކީ މޮޅު ކައްކާއެއް ކަމަށް އަންހެނުން އަދި ބަތަލާ ކާޖޮލް ދޭވްގަން ބުނެފި އެވެ.

ޓީވީޝޯއެއްގައި ގެސްޓެއްގެ ގޮތުގައި ބައިވެރިވެގެން ދެއްކި ވާހަކައެއްގައި ކާޖޮލް ބުނީ އަޖޭއަކީ ވަރަށް މީރުކޮށް ކައްކާ، މޮޅު ކައްކާއެއް ކަމަށެވެ. އޭނާ އެންމެ މީރުކޮށް ކައްކަނީ "ކަޗިޑި" ކަމަށް ކާޖޮލް ބުނެފައިވެ އެވެ.

އަޖޭގެ ކެއްކުމުގެ ތަފާތުކަން ބުނެދެމުން ކާޖޮލް ބުނީ ކައްކާއިރު އެހެން މީހަކު ކައިރިވިޔަ ނުދޭނެ ކަމަށާއި ބަދިގޭ ދޮރު ލައްޕައިގެން އަޖޭ ކައްކަން ހުންނާނީ އެކަނި ކަމަށެވެ. އަޖޭ ކައްކާ އެއްޗެހި ކާ މީހަކު ދެވަނަ ފަހަރުވެސް ކާހިތުން އެތައް ފަހަރަކު ކައްކުވާފައިވާ ކަމަށް ބުންޏެވެ.

އެންމެ ތަފާތު ކަމަކީ އަޖޭ ކައްކާއިރު އެ ކައްކާ އެއްޗަކަށް އެއްޗެހި އަޅާ ވަރާއި ހަދާ ގޮތް ނުވަތަ ރެސިޕީ ނުބުނެދޭނެ ކަމަށެވެ.

ކާޖޮލްގެ ކުރިޔަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ވެބް ސީރީޒްއެއް ކަމަށްވާ "ދި ގުޑް ވައިފް" ހިމެނެ އެވެ.

އަޖޭގެ ފިލްމީ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އެންމެ ފަހުން ރިލީޒް ކުރި ފިލްމު "ޑްރިޝްޔަމް2" އެވެ. ބޮޑު ކާމިޔާބެއް ފިލްމު ހޯދަމުންދާއިރު އޭގެ ތިން ވަނަ ބައެއް ހަދާކަންވެސް މިހާރު ވަނީ އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް