ޅ. އަތޮޅު ފެރީ ދަތުރުތައް ހިލޭ ކުރެވޭ މުއްދަތު އިތުރުކޮށްފި

ޅ. އަތޮޅުގައި އާރުޓީއެލްއިން ކުރިޔަށް ގެންދާ ހައު ސްޕީޑު ފެރީ ދަތުރުތައް ހިލޭ ކުރެވޭ މުއްދަތު އިތުރުކޮށްފި އެވެ. އެ އަތޮޅުގައި ދަތުރުތައް ފެށި މިމަހުގެ21 ވަނަ ދުވަހު އެވެ. އެމްޓީސީސީން ހަމަޖައްސާފައި ...

27 Nov 2022 | 05:22

ޅ. އަތޮޅުގައި އާރުޓީއެލްއިން ކުރިޔަށް ގެންދާ ހައު ސްޕީޑު ފެރީ ދަތުރުތައް ހިލޭ ކުރެވޭ މުއްދަތު އިތުރުކޮށްފި އެވެ.

އެ އަތޮޅުގައި ދަތުރުތައް ފެށި މިމަހުގެ21 ވަނަ ދުވަހު އެވެ. އެމްޓީސީސީން ހަމަޖައްސާފައި އޮތީ އިއްޔެގެ ނިޔަލަށް އަޖުމަބެލުމުގެ ގޮތުން ދަތުރުތައް ހިލޭ ކޮށްދޭ ގޮތަށެވެ.

ޕްލޭނިން މިނިސްޓްރީން އިއްޔެ ބުނީ ހިލޭ ދަތުރު ކުރެވޭ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މުއްދަތު އިތުރު ކުރީ ކިހާ ދުވަހަކަށް ކަމެއް ހާމައެއް ނުކުރެ އެވެ.

އެހެން އަތޮޅުތަކެކޭ އެއްގޮތަށް ދަތުރުތައް ފަށާ ފުރަތަމަ ހަފްތާގައި ހިލޭ ދަތުރު ކުރެވެނީ އާއްމުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.

ޅ. އަތޮޅުގައި އާރުޓީއެލްއިން ތިން ރޫޓަކުން ފެރީގެ ހިދުމަތް ދިނުމަށް ބޭނުން ކުރަނީ ދެ ފެރީ އެވެ. އަތޮޅުގެ ހަ ރަށަކަށް ދަތުރުތައް ބާއްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް