މޯލްޑިވްސް އެކްސްޕޯއަށް ދާ މީހުންނަށް އީޒެޕުން ސައިކަލް ޓެކްސީ ޚިދުމަތް

27 Oct 2026 | 05:24
އީޒެޕްގެ ސައިކަލު ޓެކްސީއެއް --

އީޒެޕްގެ ސައިކަލު ޓެކްސީއެއް --

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ޢާންމުންނަށް ހުޅުވާލި "މޯލްޑިވްސް އެކްސްޕޯ" އަށް ޒިޔާރަތްކުރާ މީހުންނަށް ޓްރެފިކާއި ޕާކިންގެ ދަތިތަކުން ސަލާމަތްވެ ފަސޭހައިން ދަތުރުކުރެވޭނެ ގޮތެއްގެ ގޮތުގައި އެ ކުންފުނީގެ ސައިކަލް ޓެކްސީ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށް "އީޒެޕް" ސުޕަރ އެޕުން ބުނެފިއެވެ.

ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އެ މަޢުރަޒު ކުރިއަށްދާނީ އިއްޔެއިން ފެށިގެން ނޮވެމްބަރު 2 ގެ ނިޔަލަށެވެ. އެކްސްޕޯއަށް ގިނަ ބަޔަކު ދާއިރު ކާރުގައި ދަތުރުކުރުމަށް ދަތިވާނެތީ، އެ ސަރަޙައްދަށް އަވަހަށް ދެވޭނެ ހައްލަކީ ސައިކަލް ޓެކްސީ ކަމަށް އީޒެޕުން ބުނެއެވެ.

އެ ކުންފުނިން ބުނީ އަންހެނުންނަށް ބޭނުންނަމަ އަންހެން ޑްރައިވަރުން ދުއްވާ ސައިކަލް ޓެކްސީ ނެގޭނެ ކަމަށެވެ. އަދި ސައިކަލު ދުއްވާ ފިރިހެނުންނާއި އަންހެނުންނަށް އީޒެޕްގެ ޑްރައިވަރުންގެ ގޮތުގައި ސޮއިކޮށް، އިތުރު އާމްދަނީއެއް ހޯދުމުގެ ފުރުޞަތު ވެސް އެ އެޕުން ހުޅުވާލާފައިވެއެވެ.

ޚިދުމަތް ހޯދުމަށާއި ޑްރައިވަރެއްގެ ގޮތުގައި ހުށަހެޅުމަށް ވެސް ބޭނުންކުރަންވާނީ އެ އެޕްލިކޭޝަނެވެ.

"އީޒެޕްގެ މާކެޓިން ބްރޭންޑްއަކީ ކޮމްޕްލީޓް އޮނެސްޓީ. އަންހެން ޑްރައިވަރުންވެސް އުޅޭނެ. މިހާރުވެސް 1000 އެއްހާ ޑްރައިވަރުންގެ ރިކުއެސްޓް ލިބިފައިވަނީ. ޓީމުން ދަނީ އޭތި އެޕްރޫވް ކުރަމުން. ޓީމް ކުޑަވީމާ ލަސްވަނީ. ހުރިހާ ޑްރައިވަރުން އެކީގައި އެޕްރޫވްކުރީމާ ދަތުރު މަދުވެގެންވެސް ކޮމްޕްލެއިން އައިސްދާނެތީ މަހުން މަހަށް އެކި ރައުންޑްސް އިން އެޕްރޫވްވަމުންދަނީ. އެނގޭ އުނދަގޫވާނެކަން އެޕްރޫވްނުވެ ގިނަ ދުވަސްވީމާ. ދެން ޑްރައިވާސް ގެދަރިން ބާއްވާއިރު ދައުވަތުދޭނެ ވަޓްސްއަޕް ތްރޫކޮށް. އައީމަ ވަގުތުން ވަގުތައް އެޕްރޫވްކޮށްފައި. ރައިޑް ނަގާގޮތް ދަސްކޮށްދީ. މި ސިސްޓަމް ކުރިއަރުވަމުން މިދަނީ." އެ ކުންފުނިން ބުނެފައިވެ އެވެ.

ޑްރައިވަރުން އެޕްރޫވްކުރުން ހުރި ނަމަވެސް، ސައިކަލް ޓެކްސީ ޚިދުމަތް މިހާރުވެސް ފަސޭހައިން ލިބެމުންދާ ކަމަށް އީޒެޕުން ބުނެއެވެ. އިތުރު މަޢުލޫމާތު 7560606 އިން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް