ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން މިހާރު ހަނި ވެގެން ގޮސްފައިވަނީ ގޭގެ ސިޓިންރޫމަށް ކަމަށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެއެވެ.
ފަލާހު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސްގެ މައި އަމާޒަކީ ކޮންމެ ވަސީލަތެއް ބޭނުންކޮށްގެން ވެސް ވެރިކަން އަލުން ހޯއްދެވުމެވެ.
ދިވެހި ރައްޔިތުންގެ ބޮލަށް އަދިވެސް ސަވާރުވެވިދާނެ ކަމަށް ޔާމީން ދެކެވަޑައިގަންނަވަނީ ހެއްޔެވެ ސުވާލު ވެސް ފަލާހު އެ ޕޯސްޓުގައި އުފައްދަވާފައިވެއެވެ.
ޔާމީން އަލުން ވެރިކަމަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ އަސްލު ސަބަބަކީ ދައުލަތުގެ ހަޒާނާ އަނެއްކާވެސް ހުސްކޮށްލުން ކަމަށް ފަލާހު ތުހުމަތުކުރައްވާފައިވެއެވެ. ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ދައުލަތުގެ ފަސް ބިލިއަން ރުފިޔާ ލޫޓުވެފައިވާ ކަމަށާއި، ގާނޫނީ ލޫޕްހޯލްތައް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރކުރައްވަމުން ގެންދަވާ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީން ދައްކަވާ ވާހަކަފުޅުތަކަށް ފަލާހާއި ސަރުކާރުގެ އެހެން މެމްބަރުން ތަކުރާރުކޮށް ރައްދު ދެއްވަމުން ގެންދަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް