މާލެ ސަރަހައްދުން ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްރީލަންކާގެ ދެ މީހަކު 16 ދުވަހަށް ބަންދުކުރުމަށް ކޯޓުން އިއްޔެ ނިންމައިފިއެވެ.
ބަންދު އަމުރުތަކުން އެނގޭ ގޮތުގައި ބަންދުކުރީ 25 އަހަރުގެ ކަވިޑު ހަސަން މުނަސިންގުހި މުޑިޔަންސެލަގެ އާއި 29 އަހަރުގެ މިޔަނަޑެނިޔަ ކަޕްރަލަލަގެ ކަސުން އިންޑްރަގެއެވެ. ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައެވެ.
ދެ މީހުން ސައިކަލެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށް ބަންދު އަމުރުތަކުގައި ބުނެފައިވެއެވެ.
ކަސުން އިންޑްރަގެ ވަނީ އޭނާއާ މެދު ކުރެވިފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް