ރާއްޖޭގެ ކޯސްޓްގާޑުން އަތުލައިގަތް އިންޑިއާގެ 25 މަސްވެރިން މިނިވަން ކުރުމަށް ސޫތުކުޅީ ކަލެކްޓަރަށް ޕެޓިޝަނެއް

ރާއްޖޭގެ ކޯސްޓްގާޑުން ހިފެހެއްޓި 25 އިންޑިއާ މަސްވެރިއަކާއި ތިން ދޯނި ޝަރުތެއްނެތި ދޫކޮށްލުމަށް އެދި، އާއިލާތަކާއި މަސްވެރިން ތޫތުކުޑީ ކަލެކްޓަރަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

27 Oct 2026 | 04:06
ރާއްޖޭގެ ކޯސްޓްގާޑުން އަތުލައިގަތް އިންޑިއާގެ 25 މަސްވެރިން މިނިވަން ކުރުމަށް ސޫތުކުޅީ ކަލެކްޓަރަށް ޕެޓިޝަނެއް

ރާއްޖޭގެ ކޯސްޓްގާޑުން ހިފެހެއްޓި 25 އިންޑިއާ މަސްވެރިއަކާއި އެމީހުންގެ ތިން ދޯނި ދޫކޮށްލުމަށް އެދި، އެ މަސްވެރިންގެ އާއިލާތަކާއި މަސްވެރިން ތަމިލްނާޑޫގެ ސޫތުކުޅި ކަލެކްޓަރަށް ހޯމަ ދުވަހު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެ ޕެޓިޝަން ހުށަހެޅީ ކަލެކްޓަރު ވިޝޫ މަހާޖަން އެ ސަރަހައްދުގެ ޝަކުވާތައް ބެލުމަށް ބާއްވަމުން އަންނަ ހަފްތާގެ ބައްދަލުވުމުގައެވެ. ޕެޓިޝަން ހުށަހެޅި ގްރޫޕު ލީޑްކުރީ ސޫތުކުޅި ޑިސްޓްރިކްޓްގެ ކަންޓްރީ ބޯޓު، ފައިބަރ ބޯޓު އަދި ކެޓަމަރަން މަސްވެރިންގެ ޖަމިއްޔާގެ ރައީސް އާރު. ރާޖްއެވެ.

ޕެޓިޝަނުގައިވާ ގޮތުގައި، އެ 25 މަސްވެރިން ފުން ކަނޑަށް މަހަށް ނިކުތީ އޮކްޓޫބަރު 1، 2 އަދި 3 ގައެވެ. އެ ދޯނިތަކުގެ ވެރިފަރާތްތަކަކީ ރަމޭޝް ކުމާރު، ސޫސައިޕެކިޔަމް އަދި މައިކަލް ޖޯން ސަންކަރެވެ.

ރާއްޖެއިން ގާތްގަނޑަކަށް 180 ނޮޓިކަލް މޭލުގެ ދުރުމިނުގައި، އިންޑިއާގެ ކަނޑުގައި މަސްވެރިކަންކުރަމުން ދަނިކޮށް، ކަނޑުގެ ސަރަހައްދު ފަހަނައަޅައި ދިޔަ ކަމުގެ ތުހުމަތުގައި ރާއްޖޭގެ ކޯސްޓްގާޑުން އެ މަސްވެރިން ހިފެހެއްޓި ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ. އޭގެފަހުން އެމީހުން ރާއްޖެއަށް ގެނެސްފައިވާ ކަމަށް ވެސް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

ހިފެހެއްޓި 25 މަސްވެރިންނާއި ތިން ދޯނި ވެސް އެއްވެސް ޝަރުތެއް ނެތި ދޫކޮށްލުމަށް ޕެޓިޝަނުގައި ވެރިން ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް