ކައިގެން ބިލަށް ފައިސާ ނުދެއްކުމުގެ ރޮނގުން ހެޓްރިކް ހެދި ޒުވާނެއްގެ ބަންދަށް 10 ދުވަސް

ކެފޭތަކުން ކެއުމަށްފަހު ބިލަށް ފައިސާ ނުދައްކައި ފިލަން އުޅުމުގެ ހެޓްރިކް ހެދި ޒުވާނެއްގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ. އެ ޒުވާނާއަކީ ގދ. ވާދޫ ޖަވާހިރުމާގޭ، އުމުރުން 25 އަހަރުގެ ރާއިފް...

27 Oct 2025 | 16:02
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކުރެވިފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކުރެވިފައިވާ ފޮޓޯއެއް -

ކެފޭތަކުން ކެއުމަށްފަހު ބިލަށް ފައިސާ ނުދައްކައި

ފިލަން އުޅުމުގެ ހެޓްރިކް ހެދި ޒުވާނެއްގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް

ޖަހައިފިއެވެ.

އެ ޒުވާނާއަކީ ގދ. ވާދޫ ޖަވާހިރުމާގޭ، އުމުރުން 25

އަހަރުގެ ރާއިފް އަލީ އެވެ.

ރާއިފްގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް މިއަދު

ޖަހާފައިވާއިރު އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ އޭނާއަށް ތުހުމަތު ކުރެވެނީ

ކެފޭއަކުން ކައިގެން ބިލަށް ފައިސާ ނުދައްކާ ފިލަން އުޅުނުކަމުގެ ތުހުމަތު

ކަމަށާއި، ފުލުހުން ކުރަނީ ރަނގަޅު ތުހުމަތެއް ކަމަށް އޭނާ އިޢުތިރާފުވެސް

ވެފައިވާކަމަށެވެ.

"އޭނާ ކެއީ ބަނޑުހައިވެގެން ކަމަށެވެ. ބަނޑުހައިވެގެންނޭ

ކިޔާފައި ހޯޓާ ރެސްޓޯރަންޓުތަކުން ކައިފައި ފައިސާ ނުދައްކާ ފިލަން އުޅުމަކީ

އެމީހަކާ އެއްކޮޅަށް އޮތް ހުއްޖަތެއް ނޫނެވެ. މިއީ މިފަދަ ކަމެއް ތަކުރާރުކުރި 03

ވަނަ ފަހަރެވެ" ބަންދު އަމުރުގައި ބުނެފައިވެއެވެ.

ބަންދު އެ އަމުރުގެ އިތުރު ބަޔާނުގައި ބުނެފައިވަނީ

އޭނާގެ ދިރިއުޅުމުގެ ހާލަތު ކިޔައިދެމުން، ދިރިއުޅޭނެ ތަނެއް ނެތުމުން ނިދާހަދަނީ ޖޯލިފަތިތަކުގައި

ކަމަށާއި، ޢާއިލާ މީހުން ދުނިޔޭގައި ތިބި ކަމަށާއި، ނަމަވެސް އެމީހުންގެ ޚަބަރެއް

ނުވާކަމަށާއި ގިނައިރު ކައިއުޅެނީ ސަލާންޖަހައިގެން ކަމަށާއި، ވަޒީފާއެއް އަދާނުކުރާކަމަށް

ބުނެފައިވެއެވެ.

މި އަހަރުގެ ކުށުގެ ރެކޯޑުތަކަށް ބަލާއިރު،

މުދަލަށް ގެއްލުންދިނުން، ވައްކަންކުރުން، ކައިގެން ބިލަށް ފައިސާ ނުދެއްކުން ހިމެނޭކަން

ބަންދު އަމުރުގެ އިތުރު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް