ހިތްފަސޭހަ ހުޅުމާލެ: ގަސްފާރުތަކުން ނަގާ ބިޔަ ގަސްތައް އިންދާނީ ހުޅުމާލޭގެ އެކި ޕާކުތަކުގަ

ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ގަސްފާރުތަކުގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން ނިންމައިފިއެވެ. މިކަން ހާމަ...

27 Oct 2025 | 15:26
ގަސްފާރުތައް ސާފުކޮށް ބޮޑެތި ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީއިން އަންނަނީ ކުރަމުން -

ގަސްފާރުތައް ސާފުކޮށް ބޮޑެތި ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީއިން އަންނަނީ ކުރަމުން -

ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާ

މައްސަލަ ހައްލުކުރުމަށް، މަގުތައް ސާފުކޮށް، ގަސްފާރުތަކުގައި ހެދިފައިވާ ބިޔަ ގަސްތައް ނެގުމަށްފަހު،

ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދަން ނިންމައިފިއެވެ.

މިކަން ހާމަކޮށް

އެޗްޑީސީއިން މިއަދު ބުނެފައިވަނީ 'ހިތްފަސޭހަ ހުޅުމާލެ' ކެމްޕެއިންގެ ދަށުން،

ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގައި، ރަށުތެރެ

ސާފުކުރުމުގެ މަސައްކަތް އެއްޗްޑީސީން އިއްޔެ ވަނީ ފަށާފައިވާކަމަށާއި މި ކެމްޕެއިންގެ ދަށުން، ގަސްފާރުތަކުގައި ހެދިފައިވާ ބިޔަވާ ޒާތުގެ އެކި ގަސްތައް

ނެގުމުގެ މަސައްކަތް ފެށީ، ގަސްފާރުތަކުގައި އެފަދަ

ގަސްތައް ހުރުމުގެ ސަބަބުން މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، ހުޅުމާލޭގެ

މަގުތަކުގައި ފެން ބޮޑުވުމަށް މެދުވެރިވާތީ ކަމަށެވެ. އަދި އޭގެ އިތުރުން، އެފަދަ ބިޔަ ގަސްތަކުގެ މުލުގެ

ސަބަބުން އެ ސަރަހައްދުތަކުގެ މަގުގެ ތާރުވެސް ވަރަށް ބޮޑަށް ވަނީ ހަލާކުވެފައިވާކަމަށެވެ.

"އެހެންކަމުން،

އެފަދަ ސަރަހައްދުތަކުގައި ހުރި ބިޔަ ގަސްތައް ކަނޑާލުމުގެ ބަދަލުގައި، އެ

ގަސްތައް ނަގައި، ހުޅުމާލޭގެ އެކި ޕާކުތަކުގައި އިންދުމަށް މި ކޯޕަރޭޝަނުން ވަނީ

ނިންމާފައި، އަދި

ހުޅުމާލެ ފެހިކުރުމަށް މި ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ތެރެއިން، މިހާރު

ކުރިއަށްދާ ސާފުކުރުމުގެ ކެމްޕެއިނަށްފަހު، މަގަށް ގެއްލުންނުވާ ޒާތުގެ ކުދި ގަސް ގަސްފާރުތަކުގައި އިންދުމުގެ

ފުރުސަތު އާންމު ރައްޔިތުންނަށް ލިބޭނެ"

އެޗްޑީސީއިން ބުނެފައިވެއެވެ.

އެޗްޑީސީ އިން އިތުރަށް

ބުނެފައިވަނީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިވާގޮތަށް ހުޅުމާލޭގެ ދުވާރުމަތީގައި

ކެފޭތަކުން ގޮނޑި މޭޒު ބަހައްޓައިގެން ހިދުމަތްދޭތީއާއި، ދުވާރުމައްޗަށް ބިޔަ

ގަސްތަކުގެ މޫ އަރާފައި ހުރުމުގެ ސަބަބުން އެ ކޯޕަރޭޝަނަށް ގިނަ އަދަދަކަށް ޝަކުވާ ލިބެމުންދާކަމަށެވެ. އެހެންކަމުން 'ހިތްފަސޭހަ

ހުޅުމާލެ' ކެމްޕެއިންގެ ދަށުން މި ފެށުނު ކެމްޕެއިންގެ މަގްސަދަކީ ހުޅުމާލެއަކީ

ސާފުތާހިރު އަދި ހިތްފަސޭހަ ތަނަކަށް ހެދުންކަމުގައި

ބުނެފައިވެއެވެ.


އެޑިޓަރުގެ ނޯޓް

ގަސްފާރޭ ބުނުމުން އެ ބުނަނީ ކީކޭކަން ކިޔުންތެރީންނަށް ނުއެނގިދާނެއެވެ. ޚުދު ލިޔުންތެރިޔާއަށްވެސް އެ ބަސް އަޑުއިވުނީ ހަމަ މިރޭގެ ވަގުތެއްގައެވެ. އެޗްޑީސީއިން އަބަދުވެސް ހެޖްތެރޭގައި ހުރި ގަސްތައް ކޮށާ ސާފުކުރާ ވާހަކަ އާއި ހެޖުތެރޭން ގަސް ނަގާ ވާހަކަ ދައްކާއިރު އެ ދެކެވެނީ އިނގިރޭސި ބަހުން "ހެޖް" ކިޔާތީ އެއާއި ގުޅުވައެވެ. އެހެންކަމުން ދުވަހުން ނިންމީ މި އާޓިކަލް ލިޔެ ޝާއިޢު ކުރުމުގެ ކުރިއަށް ބަހުގެ މަޢުލޫމާތު ރަނގަޅަށް އެނގޭ ބޭފުޅެއް ކުރެން ހެޔޮ ދިވެހި ބަހެއް ހޯދުމަށެވެ. އެގޮތުން ބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަށް ގުޅާލައި "ހެޖް" ގެ ފޮޓޯތައް ހިއްސާކޮށްލުމުން އަޝްރަފް ވިދާޅުވީ "ގަސްފާރު" އަދި "ގަސްބިތް" އެއީ ރަނގަޅު ދެ ބަސް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް