މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ހަދާފައިވާ ފޮޓޯއެއް -
ބޭންކުގެ ދެ މުވައްޒަފަކަށް ވަޅީން ބިރުދައްކައި
އެއާޕޯޓުން ފޭރިގަތް ބްރީފްކޭސްގައި 130،000 ޑޮލަރު ހުރިކަން އެނގިއްޖެއެވެ.
ދުވަހަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެއީ އެއާޕޯޓުގެ
ޑޮލަރ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ޑޮލަރެވެ.
މާލެ، ހުޅުމާލޭގައި އޭޓީއެމްތަކަށް ފައިސާ
ގެންދިއުމާއި ފައިސާ އެއްތަނުން އަނެއް ތަނަށް އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ
ބޭންކުން ޚިޔާރު ކުރިނަމަވެސް އެއާޕޯޓަށް މިއަދު ޑޮލަރު ގެންދިޔުމުގައި ފުލުހުންގެ
ސެކިއުރިޓީ ޚިޔާރުކޮށްފައެއް ނުވެއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން
ބުނެފައިވަނީ އެ ފައިސާ ގެންދިއުމުގައި ފުލުހުންގެ ސެކިއުރިޓީ
ބޭނުންކޮށްފައިނުވާކަމަށެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އާ ޓާމިނަލަށް
ގެންދިޔަ އެ ޑޮލަރު ފޭރިގަތީ ކުރީގެ ޓާމިނަލުން އާ ޓާމިނަލަށް ދާ ވޯކްވޭގައެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު ބޭންކުގެ މުވައްޒަފުންނަށް ވަޅިން ބިރުދައްކައި
ސޫޓްކޭސް ފޭރިގަތުމަށްފަހު އެ ބަޔަކު ގޮސް ލޯންޗަކަށް އަރައިގެން ދިޔައީއެވެ.
ދިޔައީ ކޮން ތާކަށްކަން ސާފެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް