ފުޅާ ދާއިރާއެއްގައި ހަށި ވިއްކި ހަތް އަންހެނަކާއި ދެ އެޖެންޓަކު އަތުލައިގެންފި

ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ހަތް އަންހެނަކާއި ދެ އޭޖެންޓަކު އަތުލައިގެންފިއެވެ. މިކަން ހާމަކޮށް އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަ...

27 Oct 2024 | 14:07

ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދިޔަ ހަތް އަންހެނަކާއި ދެ އޭޖެންޓަކު އަތުލައިގެންފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން މިއަދު ބުނެފައިވަނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިއަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި އޮކްޓޫބަރު މަހުގައި ވަނީ ހާއްސަ އިންސްޕެކްޝަން ތަކެއް ހިންގާފައިކަމަށާއި އެގޮތުން މިފަދަ 05 މައްސަލައަކާއި ގުޅިގެން ބިދޭސީ 07 އަންހެނަކު އަދި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުންދިއަ ބިދޭސީ 02 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.

މި މައްސަލަތައް ތަހުޤީޤު ކުރުމަށްފަހު ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެތެރެއިން 05 އަންހެނަކު އަދި 01 ފިރިހެނަކު މިހާރު ވަނީ ޑީޕޯޓުކޮށްފައިކަމަށާއި އަދި އަނެއް 03 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންކަމުގައިވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް