ގެއެއްގެ ތެރޭގައި ކުޑަ ދެ ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯސަލް މީޑިއާގައި ދައުރުވެ އެ މައްސަލަ ހޫނުވެއްޖެއެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ބޮޑު އަންހެނެއް ކުޑަ ދެ ކުއްޖަކަށް އަނިޔާ ކުރާ މަންޒަރު ފެނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ އަނިޔާކުރީ އޭނާގެ ދަރިންނަށެވެ.
މިކަމާއި ގުޅިގެން ދުވަސް ނޫހުން ފުލުހުންނާއި ސުވާލު ކުރުން ފުލުހުން ބުނީ މި ވީޑިއޯ ވަނީ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާި ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ބަލަމުން ދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގެވެށި އަނިޔާ ކުރުމާއި ކުޑަކުދިންނާއި ގުޅުން ހުރި މައްސަލަ ތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ މައްސަލަތަކެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް