ޓްރާންފޯމަރެއްގެ ތެރެއަށްވަދެ ވައްކަންކުރަން އުޅުނު ޒުވާނަކު ހައްޔަރު

ޓްރާންފޯމަރެއްގެ ތެރެއަށްވަދެ ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ، ފެހިއައްސޭރިގޭ، އުމުރުން 32 އަހަރުގެ އަހްމަދު ރިޝްފާނެވެ. "މިއަދު...

27 Oct 2024 | 10:22

ޓްރާންފޯމަރެއްގެ ތެރެއަށްވަދެ ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ ނ. މާޅެންދޫ، ފެހިއައްސޭރިގޭ، އުމުރުން 32 އަހަރުގެ އަހްމަދު ރިޝްފާނެވެ.

"މިއަދު ފަތިހު 05:30 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު 13 ކައިރީގައިހުރި ޓްރާންސްފޯމަރުގެ ތެރެއަށް މީހަކު ވަދެ ވައްކަން ކުރަން އުޅުނު މައްސަލައެއް ހުށަހެޅުނު" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލައިގެ ތުހުމަތަށް ރިޝްފާން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް