ސީއައިޑީގެ ޓްރެއިލާއިން ފެންނަނީ "ދޮރުވައްޓާ ދަޔާ" ގަޔަށް ބަޑިޖަހާ މަންޒަރު

އަނެއްކާވެސް އާ ސީޒަނަކުން ފަށަން އުޅޭ ސީއައިޑީގެ ޓްރެއިލަރ ސޮނީ ޓީވީން އާއްމުކޮށްފިއެވެ. އެ ޓްރެއިލާއިން ފެންނަނީ ބޯކޮށް ވެހެމުންދިޔަ ވާރޭގައި އޭސީޕީ ޕްރަދްޔުމަން ވެހިކަލުން ފައިބާއިރު ފަރުބަދައެއްގެ...

27 Oct 2024 | 10:07

އަނެއްކާވެސް އާ ސީޒަނަކުން ފަށަން އުޅޭ ސީއައިޑީގެ ޓްރެއިލަރ ސޮނީ ޓީވީން އާއްމުކޮށްފިއެވެ.

އެ ޓްރެއިލާއިން ފެންނަނީ ބޯކޮށް ވެހެމުންދިޔަ ވާރޭގައި އޭސީޕީ ޕްރަދްޔުމަން ވެހިކަލުން ފައިބާއިރު ފަރުބަދައެއްގެ މަތީގައި އަބީޖީތު، ދަޔާއާއި ދިމާއަށް ފިސްތޯލައެއް ދިއްކޮށްގެން ހުންނަ މަންޒަރެވެ.

"ޖޯ ދޭޝްކޭ ލިޔާ ހަމޭޝާ، ސާތުމޭ ލަޅޭ، އާޖް ދުޝްމަން ބަން، ކިޔޫނ އާމްނޭ ސާމްނޭ ކަޅޭހޭ" އެހެން ބުނާ ހިސާބުން "ރުކް ޖާއޮ" އޭ ޕްރަދްޔުމަން ގޮވާލާ އަޑު އިވެއެވެ.

"ޗަލާ ގޯލީ އަބީޖީތު" ދަޔާ އެހެން ބުނުމާއެކު، އަބީޖީތު އަތުގައި އޮތް ފިސްތޯލައިގެ ވަޒަން ދަޔާގެ މޭ މައްޗަށް އަމާޒުވެ، ދަޔާ ފަރުބަދައިން ކޯރަކަށް ވެއްޓޭ މަންޒަރު ފެނެއެވެ.

ޕްރަދްޔަމާން "ދަޔާ" އޭ ކިޔާ ހަޅޭއްލަވާ މަންޒަރާއެކު ބެކްރައުންޑް ވޮއިސް އޯވާގައި ދެން ބުނަނީ، "އުންކީ ކަހާނީ އަބީ ބާކީހޭ" ކަމަށެވެ. "އިންކާ ބަސް ނާމްހީ ކާފީހޭ" ކަމަށެވެ.

ސޮނީން ބުނަނީ ސީއައިޑީގެ އާ ސީޒަނެއް ފަށަން ތައްޔާރު ކަމަށެވެ.

ސީއައިޑީ ސީރީޒް އަކީ ދިވެހިންގެ މެދުގައިވެސް މަގްބޫލު ޑްރާމާ ސީރީޒްއެކެވެ. 1998 އިން 2018 އާއި ދެމެދު ސީއައިޑީގެ 1500 އަށްވުރެ ގިނަ އެޕިސޯޑް އެއާކޮށްފައިވެއެވެ.

https://www.youtube.com/watch?v=_GMHRYiRRyY

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް