އިންޑިއާއިން އުފައްދާ ބޭހެއްގެ ކޮލިޓީ މައްސަލަތަކެއް ހުރުމުން ސަމާލުވާން އެދިއްޖެ

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ "އައިކޯރ ބައޮލޮޖިކަލްސް ލިމިޓެޑް" އިން އުފައްދާފައި Normal immunoglobulin for intravenous use BP 5% (Immuglo) ގެ ބެޗް ނަންބަރު IG24002AD, IG24001AD, IG24004AD, IG24003...

27 Oct 2024 | 09:53

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ "އައިކޯރ ބައޮލޮޖިކަލްސް ލިމިޓެޑް" އިން އުފައްދާފައި Normal immunoglobulin for intravenous use BP 5% (Immuglo) ގެ ބެޗް ނަންބަރު IG24002AD, IG24001AD, IG24004AD, IG24003AD ގެ ކޮލިޓީ މައްސަލަތަކެއް ފެނިފައިވާތީ، ސްރީލައްކާގެ ބޭސް ރެގިއުލޭޓް ކުރާ އިދާރާ، ނޭޝަނަލް މެޑިސިން ރެގިއުލޭޓަރީ އޮތޯރިޓީ އިނާނާއި ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިން ރިޕޯޓު ކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން މިއަދު އަންގައިފިއެވެ.

މިނިސްޓްރީން ބުނީ، އެ މިނިސްޓްރީން މިކަމާއި ގުޅިގެން ބެލި ބެލުމަށް އެ ބޭސް އެތެރެ ކުރާ ކުންފުންޏަކީ ރާއްޖެއަށް އިމްޕޯޓުކުރުމާއި ވިއްކުމުގެ ހުއްދަ ލިބިފައިވާ ކުންފުންޏެއް ނޫން ކަމަށެވެ. އަދި އެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެއަށް އެތެރެ ކޮށްފައިނުވާ ކަމުގެ ޔަގީން ކަން އެ މިނިސްޓްރީން ވަނީ ދީފައެވެ.

އެހެން ނަމަވެސް، އިންޑިއާއާއި، ސްރީލަންކާ ފަދަ ގައުމުތަކަަކީ، ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ތަނަކަށް ވީތީ، ބައެއް ހާލަތް ތަކުގައި އަމިއްލަ ބޭނުމަށް މިގައުމުތަކުން ބޭސް އިމްޕޯޓުކުރާތީ އެކަމަށް ސަމާލުވުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިިރު ހާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ބޭނުންނަމަ އެ އޮތޯރިޓީގެ ހޮޓްލައިން،7200321 އަށް ގުޅުމަށް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް