އީރާނުގެ ސުޕްރީމް ލީޑަރު އާޔަތަﷲ ޚާމަނާއީގެ ނުސީދާ އިންޒާރެއް އިސްރާއީލަށް ދީފިއެވެ.
މިއީ އިސްރާއީލުން އީރާނަށް ހަމަލާދިންފަހުން ރަސްމީ ސިފައެއްގައި ސުޕްރީމް ލީޑަރު ބަހެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.
އިސްރާއީލުގެ ހަމަލާގައި މަރުވި ހަތަރު އޮފިސަރުންގެ އާއިލާތަކާއި ބައްދަލުކޮށް ދެއްކެވި ވާހަކައިގެ ޚާމަނާއީ ވިދާޅުވީ އިސްރާއީލުން އުޅުނީ ނުވާ ވަރުން ބޮޑުމަންޒަރު ދުނިޔެއަށް ދައްކަން ކަމަށެވެ.
އޭނާ ވިދާޅުވީ އިސްރާއީލަށް އަދި އީރާން ނޭނގެނީ ކަމަށެވެ. އިރާނުގެ ޒުވާނުންނާއި ގައުމިއްޔަތާއި އީރާނުގެ އާރާއި ބާރު އިސްރާއީލަށް ނޭނގޭ ކަމަށާއި އެކަން އެ ގައުމަށް އަންގައިދޭން ޖެހޭކަމުގައިވެސް ޚާމަނާއީ ވިދާޅުވިއެވެ.
ހުކުރު ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި އިސްރާއީލުން އީރާނަށް ދިން ވައިގެ ހަމަލާތަކުގައި އީރާނު ސިފައިންގެ ހަތަރު މީހަކު މަރުވެފައިވެއެވެ.
އިސްރާއީލުން ބުނެފައިވަނީ އެ ހަމަލާތައް އީރާނަށް ދިނީ އީރާނުން މި މަހުގެ އެއްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާތަކުގެ ރައްދުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް